ads
އިންޑިއާގައި ހިންދޫ ދީނީ އެއްވުމެއްގައި 115އަށް ވުރެ ގިނަ މީހުން މަރުވެފައިވޭ -
ހިންދޫންގެ އަޅުކަމެއްގައި ފިތިގެން 115 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ
އިންޑިއާގެ އުއްތަރަ ޕްރަދޭޝްގައި މިއަދު އޮތް ހިންދޫ ދީނީ އެއްވުމެއްގައި ފިތިގެން 116 މީހަކު މަރުވެއްޖެ އެވެ.
Advertisement

މި ހާދިސާ ހިނގާފައިވަނީ އުއްތަރު ޕްރަދޭޝް ސްޓޭޓްގެ ހަތްރަސް ޑިސްޓްރިކްޓްގައި ބޭއްވި ސަޓްސަންގް (ހިންދޫ ދީނީ ހަރަކާތެއް) ގައެވެ. މި ހާދިސާގައި ގިނަ އަދަދެއްގެ އަންހެނުންނާއި ބައެއް ކުޑަކުދިން މަރުވެފައިވެ އެވެ. މި ހާދިސާގައި މަރުވި މީހުން ދެނެގަތުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެތަނުގައި ފިތެން މެދުވެރިވީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ސާފެއް ނުވެ އެވެ. އުއްތަރަ ޕްރަދޭޝްގެ ސަރުކާރުން ބުނި ގޮތުގައި އެ އެއްވުން ބޭއްވި ތަނަށް، ހުއްދަ ދީފައިވާ އަދަދަށް ވުރެ ގިނަ މީހުން ތިބީ އެއްވެފައެވެ.

އެ ސަރަހައްދުން ނަގައިފައިވާ ފޮޓޯއާއި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާއިރު، ގިނަަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން އުޅަނދުތަކަށް އަރުވައިގެން ހޮސްޕިޓަލަށް ގެންދާ މަންޒަރު ފެނެ އެވެ.

އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ފުލުހުން ވަނީ އެ ހަރަކާތް އިންތިޒާމު ކުރި މީހުންނާ ދެކޮޅަށް މައްސަލައެއް ރެޖިސްޓާކޮށް ބަލަން ފަށާނެ ކަމަށް ބުނެފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އުއްތަރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޔޯގީ އަދިތުޔާނަތު ވަނީ އެ ހާދިސާގައި މަރުވި ކޮންމެ މީހެއްގެ އާއިލާއަށް ދެ ލައްކަ ރުޕީސްގެ މާލީ އެހީގެ ގޮތުގައި ދޭނެކަން އިއުލާންކުރައްވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް