ads
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް
ގަރާރު ބޭރުކޮށްލީ ދައުލަތުގެ ހަރަދު ނުތަކާ ވަރަށް ދިއުމުން: ފައްޔާޒު
ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދު ހާމަކުރަން ގޮވާލާ ހުށައެޅި ގަރާރު މަޖިލީހުން ބޭރުކޮށްލީ ސިޔާސީ މަގާމްތަކުގެ އަދަދު އިތުރުވެ ދައުލަތުގެ ހަރަދު ނުތަކާ ވަރަށް ދިއުމުންކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުސާރައަށް ހޭދަކުރާ މިންވަރު ހާމަކުރަން ލާޒިމުވާ ގޮތަށް އެމްޑީޕީން މިއަދު ވަނީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅާފައެވެ. 

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ހުށައެޅުއްވި މައްސަލަ ބަލައި ނުގަނެ މަޖިލީހުން ވަނީ ބޭރުކޮށްލާފައެވެ. ގަރާރު ބަލައިގަތުމަށް ވޯޓު ދިނީ އެންމެ 11 މެންބަރުންނެވެ. ގަރާރު ބޭރުކޮށްލީ 56 މެންބަރަކު ވޯޓުންނެވެ. 

މި ބިލު ބޭރުކޮށްލުމުން އެމްޑީޕީ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވީ މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލީ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ރިޔާސީ ވައުދާ ހިލާފަށްކަމަށެވެ. އަދި ސިޔާސީ މަގާމްތަކަށް އައްޔަންކޮށްފައިތިބި މީހުންގެ އަދަދު މިސަރުކާރުން ވަންހަނާކުރަނީ ސިޔާސީ މަގާމްތަކުގެ އަދަދު އިތުރުވެ ދައުލަތުގެ ހަރަދު ނުތަކާ ވަރަށް ދިއުމުންކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

" ގައުމުގެ އިގްތިސާދު މިދާ މިސްރާބަކީ އިގްތިސާދު މެނޭޖުކުރަން މިސަރުކާރަށް ނޭނގި ރައްޔިތުންނަށް ކަންކަން އޮޅުވާލާ ދޮގުހެދުމުގެ ސަބަބުން ކުރިމަތިވާ ކަމެއް. ހާމަނުކުރާނެ އެއްވެސް ކަމެއްނޯންނާނެކަމަށް ވައުދުވީ." އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު ވިދާޅުވިއެވެ.

މީކާއިލް ހުށައެޅި ގަރާރުގައި ވަނީ ސިޔާސީ މަގާމުތަކަށްް އައްޔަންކޮށްފައިވާ މީހުންގެ އަދަދާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުސާރާގެ ގޮތުގައި ހޭދަކުރަމުންދާ އަދަދު ހާމަކުރަން އިންކާރުކުރަމުންދާތީ އެ މައުލޫމާތު ހާމަކުރަން ދައުލަތަށް ލާޒިމުކުރަން ގޮވާލާފައެވެ.

ސަރުކާރުން ރައްޔިތުންނަށް ފޮރުވާނެ އެއްވެސް ކަމެއް ނޯންނާނެކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ޑރ މުއިއްޒު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް