ads
ހީނާ - ފޮޓޯ:ރައީސް އޮފީސް
އައިވިއެފްގެ ފަރުވާއަށް ބާކީ 84 މީހުން ދެވަނަ ބުރަށް އެލިޖަބަލްވުމުގެ ފުރުސަތު ބޮޑު: ހީނާ
ދަރިމައިވުމުގެ މައްސަލަ ހުންނަ މީހުން ހަދާ އައިވީއެފް ފަރުވާއަށް ބާކީ ތިބި 84 މީހުން ދެވަނަ ބުރަށް އެލިޖަބަލްވުމުގެ ފުރުސަތު ބޮޑުކަމަަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
Advertisement

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ހީނާ ވިދާޅުވީ އައިވީއެފް ފަރުވާގެ ކަންކަން ބައްޓަންވެފައި އޮންނަނީ މިހާރުގެ ޝަރުތު ހަަމަޖެހުނު ފަރާތްތަކުގެ ތެރޭގައިވެސް މިވަގުތު ފަރުވާ ހޯދަމުންދާ ފަރާތްތަށް ކަމަށެވެ. އައިވީއެފްގެ ފަރުވާގެ ނިޒާމްގެ ތެރެއިން 3 ސައިކަލްއަކަށް އާސަންދާގެ ތެރެއިން އެހީ ފޯރުކޮށްދެވެގިގެންދާނެކަމަށް ހީނާ ވިދާޅުވި އެވެ.

މިއަހަރުގައި ފަރުވާއަށް ކަނޑައެޅީ 100 ދެމަފިރިނަނަށް ކަމަށާއި މިވަގުތު 37 ފަރާތަކަށް ކަނޑައެޅިކަމުގައިވިޔަސް ކުރިއަށް އޮތްތަނުގައި ދެވަނަ ބުރަށް ހުޅުވާލާނެކަމަށް ހީނާ ވިދާޅުވި އެވެ.

"ފުރުސަތު ހުޅުވާލުމާ އެކީގަިއި ލިޔެކުުންތަށް ހަަމަނުވާ 84 ފޯރަމްއެއް އޮންނާނެ، އެހެންނަަމަވެސް 2 ވަނަ ބުރަށް ހުޅުވާލި ފުރުސަތުގެ ތެރޭގައި އެ ބޭފުޅުނަށްވެސް މިހުރިހާ ލިޔެކިޔުންތަކެއް ހަަމޖައްސަވާގެން ނުވަތަ ފުރިިހަަމަކުރައްވައިގެން އަދި ދެވަނަ ބުރުގައި އެބޭފުޅުން އެލިޖަބަލް ވުމުގެ ފުރުސަތު ވަަރަށް ބޮޑު" އެންސްޕާގެ ސީއީއޯ ހީނާ ވިދާޅުވި އެވެ.

ހީނާ ވިދާޅުވީ އައިވިއެފްގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ދާ ފަރާތްތަކަށް އަދި ރާއްޖޭގައި ވެސް އެފަރުވާ ކޮންމެވެސް ވަރަަކަށް ލިބެމުން ދިއުމާ ގުޅިގެން ފަހަކަށްއައިސް ރާއްޖެއިން މި ފަރުވާގެ އެހީ ހޯދަމުންދާދާ ފަރާތްތަކަށް ކޮންމެސް ވަރެއްގެ މާލީ އެހީއެއް އެއިރު ސަރުކާރުން ފޯރުކޮށްދެމުން ދިޔަކަަމަށެވެ. އެގޮތުން ކުރަން ޖެހޭ ހަރަދާ، އެކަމަށް ހޭދަ ކުރަން ޖެހޭ މުއްދަތާ އަދި ދެމަފިރިން އެކަމުގައި ޝާމިލްވެ ގިނަ ފަހަރު ރާއްޖެއިން ބޭރަށްގޮސް ތިބެން ޖެހޭ ތިބުމާއި، ކެއިން ބުއިމަށް ދާ ހަރަދާ، އަދި އެތަނުގެ ކުއްޔަށް ތިބެން ޖެހޭ ތބުން އެއީ ހަގީގަތުގައިވެސް ބައެއް ފަރާތްތަކަށް އަދާކުރަން ފަސޭހަ އަދަދުތަކެއް ނޫންކަމަށް ހީނާ ވިދާޅުވި އެވެ.

އެގޮތުން ރައީސުލް މުއިއްޒުގެ ވައުދުގެ ސަބަބުން ފުރަތަމަ ބުރުގައި ލިބުނު 153 އެޕްލިކޭޝަން ތެރެއިން އިވަލުއޭޓްކޮށް ނިމުނު އިރުގައި ޝަރުތުހަމަވާ، ހަމަޖެހުން ފަރާތުގެ އެޕްލިކޭޝަންގެ އަދަދަކީ 37 ކަމަށް ހީނާ ފާހަގަކުރެއްވި އެވެ. އަދި އެ 37 ބޭފުޅުންނަކީ މިއަހަރުގެ އައިވީއެފްގެ ފުރަތަަމަ ބުރުގައި ހުޅުވާލި ފުރުސަތުގެ ތެރެއިން އެންމެ ފުރަތަަމަ ޝަރުތުހަމަކޮށްފައިވާ ފަރާތަތަށްކަން ފާހަގަކުރައްވާ ހީނާ ވިދާޅުވީ އެއީ އެފަރާތަތަކަށް ލިބިގެންދިޔަ ވަަރަށް ބޮޑު ހިތްހަަމޖެހުމެއް ކަމަށާއި އަދި ވަރަށް އާ އުއްމީދެއް ކަމަށެވެ.

އައިވީއެފްގެ ފަރުވާގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި އިންނަނީ ގިނަވެގެން މީލާދީ ދެ އަހަރު ދުވަހުގެ މުއްދަތަށް ކަމަށާއި މުއްދަތުގެ ތެރޭގައި އައިވީއެފްގެ ފަރުވާއަށް ފޯރުކޮށްދެވޭ އެހީ ކުރިއަށް ގެންދަން ޖެހޭނީ އެ ފަރުވާގެ އެކި ކާމިޔާބުން ކަމަށް ހީނާ ފާހަގަކުރެއްވި އެވެ.

"އެއީ މިސާލަކަށް ފުރަތަަމ ސައިކަލް އިން ނުވަތަ ދެވަނަ ސައިކަލްއިންވެސް، ދެވަަނަ ސައިކްއާ ހަަމައިން އެ ފަރުވާގެ ކާމިޔާބު ވެދާނެ، އެހާ ހިސާބުން 3 ބުރާ ހަަމއިން މިގެންދަނީ، އެހެންނަމަވެސް ފުރަތަމަ ބުރުން ކާމިޔާބު ވެއްޖެނަމަ އެހިސާބުން އަޅުގަނޑުމެންގެ މިދޭ އެހީ ޕްރޮގްރާމް މި ނިމުނީ، ދެން އޭނަ މި ދަނީ ނޯމަލް މާބަނޑު މީހެއްގެ މިއިންނަ ސިސްޓަމްގެ ތެރެއިން އެބޭފުޅަކު ވަދެވިގެންދާނީ, ދެން ފަރުވާގެ އެހީގެ ގޮތުގައި، ބޭސް ފަރުވާގެ އެހީގެ އިތުރުން ދެކޮޅު ޓިކެޓް، ދެން އެބޭފުޅާއަށް ހުރުމާ ކެއުމާ ކަނޑައެޅޭ އުސޫލެއްގެ ތެރެއިން އަޅުގަނޑުމެން ހަމަޖައްސަމުން ދާނަން" ހީނާ ފާހަގަކުރެއްވި އެވެ.

މިހާރު ހުޅުވާލި ފުރުސަތުގައި ޝަރުތު ހަމަވި ފަރާތްތަކުގެތެރެއިން މިވަގުތުވެސް ރާއްޖެއިން ބޭރުގައިވެސް އަދި ރާއްޖޭގައިވެސް ފަރުވާ ހޯދަމުން ގެންދަވާ ބޭފުޅުން ތިބިކަމަށް ހީނާ ވިދާޅުވި އެވެ. އަދި އެ ޕްރޮގްރާމްގެތެރެއަށް ވަދެވޭގޮތުގެ މިސާލަކަށް ހީނާ އިޝާރާތްކުރެއްވި އެވެ.

"މިސާލަކަށް ފުރަތަމަ ސައިކަލްގެ ތެރޭގައި، ފުރަތަމަ ފަރުވާގެ ތެރޭގައި ތިއްބެވި ބޭފުޅުންވެސް އެބަތިއްބެވި އެހެންވީމާ އަޅުގަނޑުމެން މިދަންނަވާ ވާހަކައަކީ އެލިޖަބަލްވާ ހިސާބުން ފެށިގެން ދެން އެބޭފުޅަކު އަޅުގަނޑުމެންގެ ޕްރޮގްރާމްގެ ތެރެއަށް، މިސާލަކަށް އަޅުގަނޑުމެންނަަށް އެބަ އިނދޭ ޓްރީޓްމަންޓް ޕްލޭންއެއް ހުށަހަޅަން، މި މުއްދަތުގެ ތެރޭގައި، އެ ޓްރީޓްމަންޓް ޕްލޭން ހުށަހެޅުމާ ހަމައިން ފެށިގެން އެބޭފުޅަކު އަޅުގަނޑުމެންގެ މި ޕްރޮގްރާމްގެ ތެރެއަށް މިވަންނަނީ، ޓްރީޓްމަންޓް ޕްލޭން ޔަގީން ކުރާ ހިސާބުން ފެށިގެން އެ ބޭފުޅަކަށް މި ޕްރިގްރަމްގެ ތެރެއިން ހުންނަ އެހީތެރިކަމެއް އަޅުގަނޑުގެ ފަރާތުން ލިބިގެންދާނެ " ހީނާ ވިދާޅުވި އެވެ.

އެންސްޕާއިން ބުނީ "އައި.ވީ.އެފް"ގެ ފަރުވާއަށް އެދޭ ފޯމު އެ އެޖެންސީގ އަދި އާސަންދަ ކައުންޓަރުން ލިބެން ހުންނާނެކަމަށެވެ. އަދި aasandha.mv އަދި nspa.gov.mv ވެބް ސަައިޓް މެދުވެރިކޮށްވެސް ލިބެން ހުންނާނެކަމަށެވެ.  

މިއަހަރު އެހީ ހަމަނުޖެހޭ ފަރާތްތަކަށް، އަންނަ އަހަރު އަލުން ހުޅުވާލުމުން ކުރިމަތިލުމުގެ ފުރުސަތު އޮންނާނެކަމަށްވެސް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ބުނެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް