ads
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ހަރަދު ކުޑަ ކުރާކަން ދައްކަން، ރިކަރަންޓު ހަރަދު ކުޑަކޮށްދޭން އެދިއްޖެ
ދައުލަތުގެ ހަރަދުކުރުމަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމަކީ ސިޔާސީ މަގާމުތަކުގެ އަދަދު މަދުކޮށް، ރިކަރަންޓު ހަރަދު ކުޑަކުރުން ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ބުނެފި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީގެ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ޕާޓީން ވަނީ ސަރުކާރުގެ ރިފޯމް އެޖެންޑާގައި ހުރިކަންކަމަށް ތާއީދު ކުރާނެކަމަށް ބުނެފަ އެވެ. 

އެގޮތުން ސަރުކާރުގެ ފަރާތުން ހުށައަޅަފައިވާ އިގުތިސޯދާ ގުޅުންހުރި 3 ބިލަށްވެސް އެޕާޓީން ތާއިދުކުރާނެކަމަށް ބުންޏެވެ.

"ތިން ބިލަށް ވެސް އަޅުގަނޑުމެން އެބަ ތާއީދުކުރަން،" އެމްޑީޕީގެ ޕީޖީ ގްރޫޕުން މިއަދު ހަވީރު ބޭއްވި ޕްރެސް ކޮންފަރެންސްގައި ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު އެވެ.

ނަމަވެސް، އެމްޑީޕީން ތާއީދު ނުކުރާ ކަމަކީ މަހުގެ އަގު ދަށްކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ދޭ ލަފަޔާ އެއްގޮތަށް ކަންކަން ކުރާ ނަމަ އެމްޑީޕީގެ އެމްބާރުން ސަރުކާރަށް ލިބޭނެ ކަމަށް ޝަމްހީދު ވިދާޅުވި އެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ ގައުމުގެ އިގުތިސޯދީ ހާލަތުން އަރައިގަތުމަށް ވަކި ތަރުތީބަކުން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ.

"އަޅުގަނޑުމެންގެ ސްޓޭންޑަކީ ގައުމު ސަލަމާތް ކުރުމަށްޓަކައި ކުރަން ޖެހޭ މުހިންމު ކަންކަން ކުރުމުގައި، އަޅުގަނޑުމެންގެ އެއްބާރުލުން ލިބޭނެ." މައުރޫފް ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސޯދީ ހާލަތު މިހާރު އޮތް ގޮތުން ސަރުކާރުން ވަނީ ހަރަދު ކުޑަކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފަ އެވެ. އެގޮތުން ކުރިއަށް މިއޮތް މިނިވަން ދުވަހުގެ ހަރަކާތްތައް ވެސް ނުބޭއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕީޖީ ގުރޫޕުން ވަނީ ސަރުކާރުގެ ސިޔާސީ މަގާމުތަކަށް އައްޔަނުކޮށްފައި ތިބި މީހުންގެ އަދަދު ހާމަ ކުރުން ލާޒިމުވާ ގޮތަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއިލް އަހުމަދު ނަސީމު މިއަދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރު ކޮށްލުމުން ކަންބޮޑުވުން ފާޅު ކޮށްފަ އެވެ.

މީކާއިލް ހުށަހެޅުއްވި ބިލު ބަލައިގަތުމަށް ވޯޓު ދިނީ އެމްޑީޕީގެ 11 މެންބަރުން އެކަންޏެވެ. މައްސަލަ ބަލައިގަތުމާ ދެކޮޅަށް 56 މެންބަރަކު ވޯޓު ދިނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް