ads
ތުއްތު ދަރިފުޅުގެ "މިންހެޔޮ ކާނާ" ފޮތް ލޯންޗް ކުރުމުގެ ތެރެއިން - ފޮޓޯ: ހެލްތު މިނިސްޓްރީ
ތުއްތު ދަރިފުޅުގެ "މިންހެޔޮ ކާނާ" ފޮތް ލޯންޗް ކޮށްފި
ތުއްތު ދަރިފުޅުގެ ފުރަތަމަ 1000 ދުވަހަށް އަމާޒުކޮށްގެން ތައްޔާރު ކުރެވިފައިވާ ތުއްތު ދަރިފުޅުގެ "މިންހެޔޮ ކާނާ" ފޮތް މިއަދު ލޯންޗް ކޮށްފި އެވެ.

މި ފޮތް ލޯންޗް ކޮށްދެއްވާފައި ވަނީ، މިއަދު ހެނދުނު ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ހެލްތް މިނިސްޓަރ، ޑރ. އަބްދުﷲ ހަލީލް އެވެ. 

ހެލްތު މިނިސްޓްރީން ބުނީ، މި ފޮތަކީ ކުޑަކުދިންގެ ނިއުޓްރިޝަންގެ ހާލަތު ރަނގަޅުކޮށް ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކޮށް ދިނުމުގެ ގޮތުން ކުއްޖާގެ ފުރަތަމަ 1000 ދުވަހަށް އަމާޒު ކޮށްގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ޔުނިސެފް އިން ގުޅިގެން "ސޯޝަލް އެންޑް ބިހޭވިއަރ ޗޭންޖް ކޮމިއުނިކޭޝަން ސްޓްރެޓަޖީ" ދަށުން ކުރެވުނު މުހިންމު މަސައްކަތެއް ކަމަށެވެ. 

މި ރަސްމިއްޔާތުގައި ޔުނިސެފް އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ޑެޕިއުޓީ ރެޕްރެޒެންޓެޓިވް, އިސީ ފޭންގޯލްޑް ބައިވެރިވެ ވަޑައިގެންނެވި އެވެ. މީގެ އިތުރުން، ސިއްހީ ހިދުމަތްތެރިންނާއި، އަމިއްލަ ޖަމްއިއްޔާތަކުގެ ބޭފުޅުންނާއި އަދިވެސް ގުޅުންހުރި އެހެނިހެން އިދާރާތަކުގެ ބޭފުޅުން މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް