ads
އެމެރިކާގެ ރައީސް ޖޯ ބައިޑަން
ބައިޑަން ރިޔާސީ ރޭހުން ބޭރުވާން ގޮވާތީ ވައިޓް ހައުސްގެ ރައްދު
އެމެރިކާގެ ރައީސް ޖޯ ބައިޑަން އަދިވެސް ހުންނެވީ މި އަހަރު ނޮވެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ގޮތަށް ކަމަށް ވައިޓު ހައުސްއިން ބުނެފި އެވެ.
Advertisement

މި ދިޔަ ހުކުރު ދުވަހު އޮތް އެމެރިކާގެ ރިޔާސީ ފުރަތަމަ ބަހުސަކީ ބައިޑަންގެ އުމުރުން ދުވަސްވުމުން މަގާމަށް ފިޓްކަމާ މެދު އުފައްދާ ސުވާލުތަކަށް ބައިޑަން "ފިޓް" ޖަވާބު ތަކެއް ދިނުމަށް ލިބުނު ފުރުސަތެއް ނަމަވެސް ކަން ވީ ހީކުރިގޮތާ މުޅިން ހިލާފަށެވެ. 

90 މިނެޓުގެ ބަހުސްގައި ޓްރަމްޕް އޭނާގެ ސިޔާސީ ޖޯޝުގައި ބަހުގެ ވަރުގަދަ ހަމަލާތަކެއް ބައިޑަން އެޑްމިނިސްޓްރޭޝަނަށް ދެމުން ދިޔައިރު އެއިން އެއްވެސް ކަމަކަށް ބައިޑެންއަށް ރައްދެއް ނުދެއްވުނެވެ. އެއާ ހިލާފަށް ބައިޑަންގެ ފަރާތުން ފެނިވަޑައިގަތީ ވަރުބަލިކަމާއި އެމެރިކާގެ ރައީސް ކަމަށް އުމުރު ތަން ނުދޭކަމެވެ.

އުމުރުން 81 އަހަރުގެ ބައިޑަނަށް މި ވަގުތު ކުރިމަތިވެފައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ އޭނާގެ އުމުރު ދޮށިވުމެވެ. ހިޔާލު ހޯދުމުގެ ވޯޓުގައި ބައިވެރިވި ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންގެ ތެރެއިން 83 އިންސައްތަ, އަދި އިދިކޮޅު ރިޕަބްލިކަން ޕާޓީގެ 97 އިންސައްތަ މީހުން ގަބޫލު ކުރާ ގޮތުގައި, ބަހުސްގައި ބައިޑަނަށް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތީ އޭނާ އުމުރު ދޮށިވެ, ލޯބޯކޮށިވުމުގެ ސަބަބުންނެވެ.

މި ބަހުސަށްފަހު ރިޔާސީ ރޭސް ދޫކޮށްލެއްވުމަށް ނިއުޔޯކް ޓައިމްސް ފަދަ ނުފޫޒުގަދަ ނޫސްތަކުން ވެސް ވަނީ ބައިޑަންއަށް ދަންނަވާފަ އެވެ. އަދި ބައިޑަންގެ އަމިއްލަ ޕާޓީ -- ޑިމޮކްރޭޓުުންގެ ތެރޭގައިވެސް ބައިޑަންއާ މެދު އޮތީ ކަންބޮޑުވުމެވެ. ނަމަވެސް ވައިޓް ހައުސްގެ ތަރުޖަމާން ކަރީން ޖީން ޕިއެރޭ ވިދާޅުވީ ރިޔާސީ އިންތިހާބު ދޫކޮށްލާ ވަރުގެ ސަބަބެއް ބައިޑަންގެ ނެތް ކަމަށެވެ.

ބައިޑަން ނޫން ކެންޑިޑޭޓަކު ހޯދުމަކީ ޕާޓީގެ ވިސްނުން ނޫން ކަމަށްވެސް ކަރީން ވިދާޅުވި އެވެ.

"ރައީސަށް މަންޒަރު ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާ. ރިޔާސީ ރޭހުގައި ދެމިހުންނަވާނެ،" އޭނާ ވިދާޅުވި އެވެ.

ބައިޑަން ވަނީ ކެމްޕެއިން ޓީމާއި ޕާޓީގެ މުވައްޒަފުންނާ ވާހަކަ ދައްކަވަމުން އޭނާ ރިޔާސީ ރޭހުގައި ހުންނަވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް