ads
އެމްޑީޕީގެ ޖަލްސާއެއްގެ ތެރެއިން
"ކުރީ ސަރުކާރު…ކުރީ ސަރުކާރު" ނަމުގައި އެމްޑީޕީ ޖަލްސާއެއް މިރޭ
"ކުރީ ސަރުކާރު…ކުރީ ސަރުކާރު" ނަމުގައި އެމްޑީޕީ ހަރުގެ ޖަލްސާއެއް މިރޭ ބާއްވަން ނިންމައިފިއެވެ.

މީ ބޮޑު ދެ އިންތިހާބުން ބަލިވުމަށްފަހު އެމްޑީޕީން މި ގޮތަށް ބާއްވާ ފުރަތަމަ ހަރުގެ ޖަލްސާއެވެ. 

އެމްޑީޕީން މިރޭ ޖަލްސާއެއް ބާއްވަނީ މި ސަރުކާރުން މިހާރު ކޮންމެ ކަމެއް ކުރީގެ ސަރުކާރު ކިޔާތީ "ކުރީ ސަރުކާރު…ކުރީ ސަރުކާރު" މި ނަމުގައެވެ. އެމްޑީޕީގެ ލީޑާޝިޕް ބައިވެރިވާ މި ޖަލްސާ އޮންނާނީ ޗާންދަނީމަގުގެ ދަނޑިކޮށި ޖަގަހައިގަައިކަމަށްް އެޕާޓީން ބުނެއެވެ.  

ނިމިދިޔަ އިބްރާހިމް މުހައްމަދު ސާލިހް ވެރިކަމުގައި ފަސް އަހަރު ނިންމާލީ ނިމިދިޔަ ސަރުކާރު ކިޔުމުގައިކަމަށް ބުނެ ރިޔާސީ ކެމްޕެއިން ތެރޭގައި ޑރ. މުއިއްޒުވަނީ ވަރަށްް ބޮޑަށް އެމްޑީޕީއަށް ފާޑު ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ސަރުކާރުގައި ކުރީގެ ސަރުކާރުން ކިޔަން ނުތިބޭނެކަމަށާއި ކުރީގެ ސަރުކާރު ކިޔާ ޒިންމާތަކުން ނުރެކޭނެކަމަށް ވިދާޅުވެ ވާހަކަ ދެއްކަވުމަށް ފަހު މިހާރު މުޅިން ކުރީ ސަރުކާރާ އަޅުވާ ކިޔަނީކަށް ބުނެ އެ ވާހަކަތަކަށް މިހާރު ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. 

ވެރިކަން ކުރާ ޕީއެންސީވެސް އަންނަނީ އެޕާޓީގެ ހަރުގެ ޖަލްސާއެއް އިސްތިހާރު ކުރަމުންނެވެ. އެޕާޓިގެ މައި ހަރުގެ ޕީއެންސީ ހައުސްގައި އަންނަ އާދިއްތަ ދުވަހުގެރޭ އޮންނަ މި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެޑައިގަންނަވާނެކަމަށްް އެޕާޓީން ބުނެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް