ads
ކައުންސިލްތަކަށް ހާއްސަކޮށް ބޭއްވި ފޯރަމެއްގެ ތެރެއިން
ރަށު ކައުންސިލްތަކަށް 30 ސެކްރެޓަރީ ޖެނެރަލުން ހޯދަނީ
ގިނަ އަދަދެއްގެ ސެކްރެޓަރީ ޖެނެރަލުން ހޯދުމަށް ސިވިލް ސާރވިސް ކޮމިޝަން، ސީ.އެސް.ސީއިން އިއުލާންކޮށްފި އެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ހޮވޭނީ އެންމެ ދަށްވެގެން ޑިޕްލޮމާ ފެންވަރުގެ މީހުންނެވެ. ސިވިލް ސާވިސް ކޮމިޝަންގެ އިއުލާނުގައިވާ ގޮތުން ސެކްރެޓަރީ ޖެނެރަލްގެ މަގާމަކީ ކައުންސިލް އިދާރާގެ، އިދާރީ ހިންގުމުގެ އެންމެ އިސް މަގާމަށް ވާތީ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާކުރާ ފަރާތްތަކަށް ވަޒީފާއާ ބެހޭ ގާނޫނުގެ 34 ވަނަ މާއްދާގެ (ހ)ގެ 5 ވަނަ ނަންބަރުގެ ދަށުން އިތުރުގަޑީގެ ފައިސާއެއް ނުލިބޭނެ އެވެ. 

ކައުންސިލް އިދާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ކައުންސިލްގެ ރައީސް ނުވަތަ މޭޔަރަށް ރިޕޯޓްކުރުމާއި ޖަވާބުދާރީވުމާއި، ކައުންސިލުން ނިންމާ ނިންމުންތަކާއި ކަނޑައަޅާ އުސޫލުތައް ތަންފީޒުކުރުމަކީވެސް ސެކްރެޓަރީ ޖެނެރަލުންގެ މަސްއޫލިއްޔަތެވެ.

މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމަށް ފުރުސަތު ދީފައިވަނީ މި ހިނގާ ޖުލައި 14 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި މަގާމްތަކުގެ ތެރެއިން ރަށު ކައުންސިލަށް ހޯދަން އިއުލާންކޮށްފައިވާ ސެކްރެޓަރީ ޖެނެރަލުންގެ ފުރަތަމަ ރޭންކްގެ އަސާސީ މުސާރައަކީ 9،300 ރުފިޔާ އެވެ. ދެވަނަ ރޭންކްގެ މުސާރައަކީ 8،835 ރުފިޔާ އެވެ. މިއީ ހުސް 5 އަހަރު ދުވަހުގެ މުއްދަކަށް އައްޔަނުކުރާ މަގާމެކެވެ.

އެސްޖީން ހޯދުމަށް އިއުލާންކޮށްފައިވާ ރަށްތައް:

• ހއ. އަތޮޅު: ވަށަފަރު، މުރައިދޫ
• ށ. އަތޮޅު: ފޭދޫ، މަރޮށި، ފީވަށް
• ރ. އަތޮޅު: ވާދޫ، މަޑުއްވަރީ، ރަސްމާދޫ، އަދ އިންނަމާދޫ
• ބ. އަތޮޅު: ފުޅަދޫ، ފެހެންދޫ، އަދި ހިތާދޫ
• ކ. ތުލުސްދޫ
• އއ. އަތޮޅު: ތޮއްޑޫ، މާޅޮސް
• އދ. އަތޮޅު: ދިއްދޫ، އަދި ހަންޏާމީދޫ
• ވ. އަތޮޅު: ތިނަދޫ، ފެލިދޫ، އަދި ރަކީދޫ
• މ. މަޑުއްވަރީ
• ފ. ދަރަނބޫދޫ
• ދ. އަތޮޅު: ރިނބުދޫ، ކުޑަހުވަދޫ، އަދި މާއެނބޫދޫ
• ތ. އަތޮޅު: ގާދިއްފުށީ، ތިމަރަފުށި
• ލ. އަތޮޅު: ދަނބިދޫ
• ގއ. އަތޮޅު: ކޮލަމާފުށި، ދެއްވަދޫ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް