ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އީރާނުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި މަސްއޫދު ޔަޒްޝިކާން. ފޮޓޯ: އަލް ޖަޒީރާ
އީރާނުގެ އާ ރައީސަކަށް މަސްއޫދު ޔަޒްޝިކާން
އިރާންގެ ރިޔާސީ އިންތިހާބު ރިފޯމިސްޓެއް އަދި ތަމްރީނު ލިބިފައިވާ ހިތުގެ ބަލީގެ ޑޮކްޓަރެއް ކަމަށްވާ މަސްއޫދު ޕެޒޭޝިއަން ކާމިޔާބު ކުރައްވައިފި އެވެ.
Advertisement

މި އިންތިހާބަކީ ރައީސްގެ މަގާމުގައި ކުރިން ހުންނެވި އިބްރާހީމް ރައީސީ ހެލިކޮޕްޓަރު އެކްސިޑެންޓެއްގައި އަވަހާރަވުމާ ގުޅިގެން ބޭއްވި އަވަސް އިންތިހާބެކެވެ. 

ޖުމްލަ ހަ ކެންޑުޑޭޓުންނާ އެކީ އިރާންގެ އިންތިހާބުގެ ފުރަތަމަ ބުރު ބޭއްވީ މިދިޔަ މަހުގެ 28 ގަ އެވެ. ދެވަނަ ބުރަކަށް ދާން ޖެހުނީ އިންތިހާބު ކާމިޔާބު ކުރެއްވޭ ވަރަށް އެއްވެސް ކެންޑިޑޭޓަށް ވޯޓް ހޯއްދެވިފައި ނުވާތީ އެވެ.

ގާނޫނު ހަދާ މަޖިލީހުގައި ތަބްރީޒް ތަމްސީލުކުރައްވާ މަސްއޫދު އިންތިހާބު ކާމިޔާބު ކާމިޔަބު ކުރެއްވީ ދެވަނަ ބުރުގައި ސައީދު ޖަލީލީ ބަލިކުރެއްވުމަށް ފަހު އެވެ. ތިރީސް މިލިއަނަށް ވުރެ ގިނަ މީހުން ވޯޓްލި އިންތިހާބު މަސްއޫދު ކާމިޔާބުކުރެއްވީ ވޯޓްލީ މީހުންގެ 53.3 ޕަސެންޓް ވޯޓުންނެވެ. އީރާންގެ ނިއުކްލިއާ މަޝްވަރާތަކުގެ ހަރަކާތްތެރިޔާ ޖަލީލީ އަށް ލިބިވަޑައިގަތީ 44.3 ޕަސެންޓް ވޯޓެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލާން ނިކުތް މީހުންގެ އަދަދު މަދު ނަމަވެސް ދެވަނަ ބުރުގެ އިންތިހާބުގައި 49.8 އިންސައްތަ މީހުން ވޯޓުލާފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް