އުދަ އަރައި ފެންބޮޑުވެފައިވަނީ ކިންގް ސަލްމާން މިސްކިތް ކައިރީގައި އޮންނަ ޕާކިން ޒޯން ސަހަރަހައްދަށެވެ.
އެގޮތުން އެސަރަހައްދަށް ލޮނުގަނޑު އަރައި، ބޮޑު ތަކުރުފާނު މަގުގެ ބޮޑު ސަރަހައްދަކަށް ވަނީ ލޮނުގަނޑު ފެތުރިގެން ގޮސްފަ އެވެ.
ކިންގް ސަލްމާން މިސްކިތް ހުރި ސަރަހައްދަކީ އެ މިސްކިތް އެޅުމުގެ ކުރިން ވެސް ވަރަށް ބޮޑަށް އުދައަރައި ފެންބޮޑުވާ ސަރަހައްދެކެވެ. ކޮންމެ އަަހަރަކު ވެސް ވަކިދުވަސްވަރެއްގައި އެ ސަރަހައްދަށް އުދައިގެ އަސަރު ކުރެ އެވެ.
މިއަދު މާލެއަށް އުދަ އެރުމާ ގުޅިގެން ކަމާ ބެހޭ ފަރާތްތަކުން އަދި ވަކި އެއްޗެއް ހާމައެއް ނުކުރެ އެވެ. އާންމުގޮތެއްގައި އުދަ އަރާނަމަ، މޫސުމާ ބެހޭ ގައުމީ އިދާރާ އިން ސަމާލު ވެސް ނެރެ އެވެ.