ads
ސްޓެލްކޯގެ ޓްރާންސްފޯމަރަކަށް ގުޅާފައި ހުރި ކޭބަލެއް މިދިޔަ އަންގާރަދުވަހު ބަޔަކު ވަގަށް ބުރިކޮށްލާފައި - ފޮޓޯ: ސްޓެލްކޯ
ޓްރާސްފޯމަރެެއްގެ ކޭބަލުތަކެއް ވަގަށް ނެގި މީހަކު ހައްޔަރު ކޮށްފި
މަޖީދިއްޔާ ސްކޫލް ކައިރީގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނަކުން ކޭބަލުތަކެއް ވަގަށް ނެގި މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކުރީ 32 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.

މި ކޭބަލްތައް ވަގަށް ނެގީ މިދިޔަ އަންގާރަ ދުވަހު އެވެ. ފުލުހުންނަށް އެ މައްސަލަ ރިޕޯޓްކޮށްފައި ވަނީ އެ ދުވަހުގެ ހެނދުނު 6:21 ހާއިރެވެ.

ކޭބަލް ބުރިކޮށްލުމުގެ ސަބަބުން މަޖިލީދިއްޔާ ސްކޫލު ހިމެނޭހެން ހެންވޭރު އަބަދަށްފެހި މަގާއި މެދުޒިޔާރަތް މަގު އަދި ކަޅުހުރާ މަގާއި ކަރަންކާ މަގުގެ ބައެއް ގެތަކުން ކަރަންޓު ވެސް ކެނޑުނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް