ads
"ގޯ ގްރީން"ގެ ނަމުގައި ބޭއްވި ގަސް އިންދުމުގެ ޕްރޮގްރާމް އިފްތިތާހު ކުރުން: ވަޒީރު އިލްތިމާސް ކުރެއްވީ މިނިސްޓަރު އިލްތިމާސްކުރެއްވީ މަންމައާއި ބައްޕަގެ ނަމުގައި ގަހެއް އިންދުމަށް - ފޮޓޯ: އެންވައިރުމެންޓް މިނިސްޓަރު
މަންމައާއި ބައްޕަގެ ނަމުގައި ގަހެއް އިންދުމަށް އެދިވަޑައިގެންފި
ކޮންމެ ބޭފުޅަކު ވެސް އެބޭފުޅެއްގެ މަންމަ އާއި ބައްޕަގެ ނަމުގައި ގަހެއް އިންދުމަށް އެންވަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އިލްތިމާސް ކޮށްފި އެވެ.
Advertisement

އެމަނިކުފާނު މި ފަދައިން އިލްތިމާސްކުރެއްވީ ހުޅުމާލެ ފޭސް ދޭއްގައި ކްލީން މޯލްޑިވްސްއިން އިންތިޒާމުކޮށްގެން "ގޯ ގްރީން"ގެ ނަމުގައި ބޭއްވި ގަސް އިންދުމުގެ ޕްރޮގްރާމް އިފްތިތާހުކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި އެވެ.

މި ރަސްމިއްޔާތުގައި ބައިވެރިން ވަނީ ހުޅުމާލޭގައި ގަސް އިންދުމުގެ މަޝްރޫއު ފަށާފައެވެ. މި ޕްރޮގްރާމް ފެއްޓުމުގެ ގޮތުން ފުރަތަމަ ގަސް އިންދަވައިދެއްވީ މިނިސްޓަރު ތާރިގު އެވެ. މި ޕްރޮގްރާމުގައި 350 އަށް ވުރެ ގިނަ ބައިވެރިން ހަރަކާތްތެރިވެފައިވާއިރު، މީގެ 50 އިންސަންތަ އަކީ ކުޑަކުދިންނެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގު ވިދާޅުވީ ރާއްޖެ ފަދަ ހޫނު ގަދަ، ގަސް މަދު ގައުމެއްގައި ހިތްހަމަ ޖައްސާލުމަށް ހިޔާ ލިބޭނެ ގަހެއް ހުރުމަކީ އެންމެންނަށް ވެސް ލިބޭނެ ފައިދާއެއް ކަމުގައި އެވެ.  

"ގަސް އިންދުމަކީ ފަރުދީ ޒިންމާއެއް ގޮތުގައި ދެކި އެންމެން ގުޅިގެން މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ކޮންމެ ބޭފުޅެއްގެ ވެސް މަންމަ އާއި ބައްޕަގެ ނަމުގައި ގަހެއް އިންދައި މިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް ވަނީ އިލްތިމާސް ކުރަން.." މިނިސްޓަރު ވިދާޅުވި އެވެ.

"ގޯ ގްރީން" އިވެންޓަކީ ރައީސް، ޑރ. މުހައްމަދު މުޢިއްޒު އިފްތިތާހު ކޮށްދެއްވި "މުޅި ރާއްޖޭގައި 5 މިލިޔަން ގަސް އިންދުން" މި ޝިއާރުގެ ދަށުން 1000 ގަސް އިންދުމަށް އެޗް.ޑީ.ސީ އާއި ގުޅިގެން ކްލީން މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް