ads
އެމްޑީޕީގެ ޖަލްސާއެއްގެ ތެރެއިން
ދާއިރާތަކުގެ ބައި އިލެކްޝަނަށްް އެމްޑީޕީ ހުޅުވާލައިފި
އިދިކޮޅު އެމްޑީޕީގެ ދާއިރާތަކުންނާއި ރަށްތަކުން ހުސްވެފައިވާ ނައިބު ރައީސްކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު އެޕާޓީން ހުޅުވާލައިފިއެވެ.

އެޕާޓީން ބުނީ ދާއިރާތަކުގެ ބައި އިލެކްޝަން އޮންނާނީ އަންނަމަހުގެ 02 ވާ ހުކުރު ދުވަހުކަމަށެވެ. 

ކުރިމަތިލުމަށްް ހުޅުވާލި  މަގާމުތަކުގެ ތެރޭގައި 13 ދާއިރާއެއްގެ ނައިބު ރައީސްގެ މަގާމު ހިމެނެއެވެ. އަދި 103 ދާއިރާއެއްގެ ރަށު ނައިބު ރައީސްކަމުގެ މަގާމުވެސް ހިމެނެއެވެ. 

ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލެވޭނީ މިމަހުގެ 1 ވަނަދުވަހުގެ ކުރިން ޕާޓީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަނުގައި ދަފްތަރުވެފައިވާ މެމްބަރުންނަށް ކަމަށް އެޕާޓީން ބުނެއެވެ. އަދި އިންތިހާބުގައި ވާދަކުރަން ފޯމު ހުށައަޅާ މެމްބަރުންނަކީ ވޭތުވެދިޔަ 5 އަހަރު ތެރޭގައި ޕާޓީގެ އަސާސީ ޤަވާއިދާއި ހިލާފުވެފައި ނުވާ މެމްބަރަކަށް ވާންޖެހޭނެކަމަށްވެސް އެމްޑީޕީން ބުނެއެވެ. 

މިމަޤާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 13 ވަނަދުވަހުގެ 2:00 ޖެހުމާއި ހަމައަށް ހުޅުވާލާފައިވާކަމަށް އެމްޑީޕީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް