ads
ކައުންސިލްތަކަށް ހާއްސަކޮށް ބޭއްވި ފޯރަމެއްގެ ތެރެއިން
ކައުންސިލްތަކުގެ ސައިޒު ކުޑަކުރަން ހުށަހަޅަނީ
އަތޮޅު ތެރޭގެ ރަށްރަށުގެ ރަށު ކައުންސިލަރުންގެ އަދަދު މަދުކޮށް އަދި އަތޮޅު ކައުންސިލް އެކުލެވޭ ގޮތަށް ބަދަލުތަކެއް ގެންނަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
Advertisement

ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކައުންސިލްތަކުގެ ސައިޒު ކުޑަކުރަންޖެހޭ ކަމަށާއި ކައުންސިލްތައް ނުކަތާހާ ބޮޑު ކަމަށްވާއިރު، 300 މީހުން 500 މީހުން އަދި 1،000 މީހުން ދިރިއުޅޭ ރަށެއްގައި ކައުންސިލަރުންގެ ގޮތުގައި ފަސް މީހުން ނުވަތަ ހަތް މީހުން ހޮވުމަކީ ހަރަދު ބޮޑު ކަމެއް ކަމަށެވެ.

އާބާދީގެ ގޮތުން ކުދި ރަށްތަކުގައި ކައުންސިލްގެ ރައީސަކާއި ނާއިބު ރައީސެެއް ހުރުމުން ފުދޭނެ ކަމަށާއި އަދި އެއަށް ވުރެ އާބާދީ ބޮޑެތި ރަށްތަކާއި ސިޓީތަކަށް މިހާރު އޮތް އަދަދަށް ވުރެ މަދު އަދަދެއް ކަނޑައެޅުމުން ކައުންސިލްތަކުގެ ސައިޒު ކުޑަކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. މިއީ ރައްޔިތުންނަށް ވެސް އެންމެ ފައިދާ ހުރި ގޮތް ކަމަށާއި އެކަން އެގޮތަށް ކުރުމަށް ގާނޫނުތަކަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.

"މުޅި ދައުލަތުގެ ކަންކަން ނިންމަން ގައުމުގެ އިސްވެރިޔާގެ ގޮތުގައި މި ހޮވަނީ އެންމެ މީހެއް. އެހެންވީމަ، ރަށެއްގެ 300 މީހުން، 500 މީހުން، 1000 އެއްހާ މީހުންގެ ރަށެއްގައި ފަސް މީހުން، ހަތް މީހުން ހޮވުމަކީ ވަރަށް ހަރަދު ބޮޑު ކަމެއް." ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި އިސްލާހު ގެންނަން މަޖިލިހަށް ހުށަހަޅުއްވާނެ ވަކި ތާރީހެއް މިރޭ ވިދާޅެއް ނުވެއެވެ. ނަމަވެސް ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާތީ އެ އިސްލާހު ވީ އެންމެ އަވަހަށް ގެންނާނެ ކަމަށް ބެލެވެ އެވެ. ދިވެހިންނާ އެންމެ އަވަހަށް ދެން ބައްދަލު ކުރާނެ ބޮޑު އިންތިހާބަކީ ވެސް ލޯކަލް ކައުންސިލް އިންތިހާބެވެ. އެ އިންތިހާބު އޮންނާނީ މީގެ ދެ އަހަރެއްހާ ދުވަސް ފަހުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް