ads
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
ކައުންސިލްތައް ކުޑަކުރަނީ ގައުމު ހިންގަން ނޭގިގެން: ޝާހިދު
ލާމަރުކަޒީ ނިޒާމުގެ ޅަފަތުގައި، ރައްޔިތުންގެ ބާރު ކަނޑުވާލަން ކުރާ މަސައްކަތަކީ ބަލައިގަނެވޭނެކަމަށް ނޫންކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސްް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
Advertisement

ރޭ ބޭއްވި ޕީއެންސީގެ ޖަލްސާއެެއްގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަތޮޅު ތެރޭގެ ރަށްރަށުގެ ރަށު ކައުންސިލަރުންގެ އަދަދު މަދުކޮށް އަދި އަތޮޅު ކައުންސިލް އެކުލެވޭ ގޮތަށް ބަދަލުތަކެއް ގެންނަވާނެކަން އިއުލާންކުރައްވާފައެވެ.

ރައީސް ޑރ. މުއިއްޒުގެ މި ވާހަތަކާއި ގުޅިގެން އެމްޑީޕީގެ ރައީސްް އަބްދުﷲ ޝާހިދު ވިދާޅުވީ ސަރުކާރުން އެގޮތަށް ނިންމުމުގެ ބޭނުމަކީ ރައްޔިތުންގެ ބާރުތައް އަތުލައި ފިނިކޮޓަރީގއި ތިބި ބަޔެއްގެ އަތް މައްޗަށް ޖަމާކުރުންކަމަށެވެ. އަދި ދައުލަތުގެ ކަންކަން ހިންގަން ނޭގުމުން ލާމަރުކަޒީ ބާރު ނެތިކޮށްލުމަކީ ގޮތެއް ނޫންނަކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. 

" ލާމަރުކަޒީ ނިޒާމުގެ ޅަފަތުގައި، ރައްޔިތުންގެ ބާރު ކަނޑުވާލަން، އަނެއްކާވެސް ރަށްރަށުގެ ޢާންމުހާލަތު ސާފުނުވާ ބަޔަކު މާލޭގެ ފިނިކޮޓަރީގައި ތިބެގެން ރަށްރަށުގެ ކަންހިންގުމުގެ ބާރު އެފިނިކޮޓަރިއަށް ޖަމާކުރުމަށް އެއްބަހެއް ނުވެވޭނެ. ދައުލަތުގެކަންކަން ހިންގަންނޭގިގެން ޤައުމު ބަނގުރޫޓުގެ މަގަށްފުރޮޅެންފެށީމައި ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަކީ ގޮތެއް ނޫން!." ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވެއެވެ.

ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ކައުންސިލްތަކުގެ ސައިޒު ކުޑަކުރަންޖެހޭ ކަމަށާއި ކައުންސިލްތައް ނުކަތާހާ ބޮޑު ކަމަށްވާއިރު، 300 މީހުން 500 މީހުން އަދި 1،000 މީހުން ދިރިއުޅޭ ރަށެއްގައި ކައުންސިލަރުންގެ ގޮތުގައި ފަސް މީހުން ނުވަތަ ހަތް މީހުން ހޮވުމަކީ ހަރަދު ބޮޑު ކަމެއް ކަމަށެވެ.

އާބާދީގެ ގޮތުން ކުދި ރަށްތަކުގައި ކައުންސިލްގެ ރައީސަކާއި ނާއިބު ރައީސެެއް ހުރުމުން ފުދޭނެ ކަމަށާއި އަދި އެއަށް ވުރެ އާބާދީ ބޮޑެތި ރަށްތަކާއި ސިޓީތަކަށް މިހާރު އޮތް އަދަދަށް ވުރެ މަދު އަދަދެއް ކަނޑައެޅުމުން ކައުންސިލްތަކުގެ ސައިޒު ކުޑަކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. މިއީ ރައްޔިތުންނަށް ވެސް އެންމެ ފައިދާ ހުރި ގޮތް ކަމަށާއި އެކަން އެގޮތަށް ކުރުމަށް ގާނޫނުތަކަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް