ads
ބަންކަރިން ހިދުމަތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
ބަންކަރިން ހިދުމަތަށް ޓޭންކަރު ގަނެފި، މިހާރު ޗާޓު ކުރަހަނީ: ސައީދު
މަސްދުވަހުގެތެރޭގައި އުތުރުގައި ރަސްމީކޮށް ބަންކަރިން ހިދުމަތް ފަށާނެކަމަށްް އިގްތިސާދާއި ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅު ވެއްޖެއެވެ.
Advertisement

އިހަވަންދިއްޕޮޅުގައި ބައިނަލް އަގްވާމީ ބަންކަރިން މަޝްރޫއެއް ހިންގަން އެސްޓީއޯއިން ހަކަތައިގެ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު އަމިއްލަ ކުންފުނި، ވިޓޯލްއާ އެކު ޓާމް ޝީޓެއްގައި ސޮއިކުރީ މިއަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.  

މި މަޝްރޫއުގެ މައުލޫމާތު ހިއްސާ ކުރައްވަމުން ރޭ ބޭއްވި ޕީއެންސީ ޖަލްސާގައި ސައީދު ވިދާޅުވީ ބަންކަރިންގެ ހިދުމަތަށް އެސްޓީއޯއިން ބޮޑު ދެ ޓޭންކަރު ގަނެގެން މިހާރު ގެނެސްފައިވާކަަށެވެ. އެމްއެންޑީއެފްއާ ގުޅިގެން ޗާޓުތައް އަޕްޑޭޓް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި ކަސްޓަމާއި އިމިގްރޭޝަނާ މަސައްކަތް ކުރަމުން އަންނަކަމަށެވެ.  އަދި ބަންކަރިންގެ ހިދުމަތާއެކު ދިމާވެދާނެ ތިމާވެށީގެ މައްސަލަތަކަށް ބައިނަލް އަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ތައްޔާރުވަމުންދާކަންވެސް ވަޒީރު ފާހަގަ ކުރެއްވިއެވެ. 

ސައީދު ވިދާޅުވީ ބަންކަރިންގެ ހިދުމަތާ އެކު އަންނަ އަހަރުގެ ޖުލައި މަހު ރާއްޖޭގެ ޖީޑީޕީއަށް އިތުރު 400 މިލިއަން ޑޮލަރު އިތުރުވެގެންދާނެކަމަށެވެ. 

" މިއީ އިކޮނޮމީ ޑައިވަސިފައި ކުރާ ގޮތަކީ. މުޅިން އާ 400 މިލިއަން ޑޮލަރު ނުވަތަ ހަ ބިލިއަން ގާތްގަނޑަކަށް ރައުންޑް އޮފް ކޮށްލާއިރު ހަ ބިލިއަން ދިވެހި ރުފިޔާ މުޅިން އަލަށް އާ ސިނާއަތެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ޖީޑީޕީގެ ތެރޭގައި އެނބުރެން ފަށާނެ،" ވަޒީރު ސައީދު ވިދާޅުވިއެވެ.

ބަންކަރިންގެ ހިދުމަތް ފަށަން އެސްޓީއޯއިން ތައްޔާރުވަމުން އަންނައިރު އެކަމަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް މީގެ ތިން ހަފްްތާ ކުރިން އިއުލާންކޮށްފައިވާކަން ވެސް ސައީދު ވިދާޅުވިއެވެ. 

އިހަވަންދިއްޕޮޅު ބަންކަރިން ފެސިލިޓީއާއެކު ރާއްޖެއަކީ ބަންކަރިންގެ މަގުބޫލު މަންޒިލަކަށްވާނެކަމަށާއި އިހަވަންދިއްޕޮޅު ބަންކަރިން ޕޯޓު ތަފާތު ވަނީ ރާއްޖެ އޮތް ސަރަހައްދުގެ ގޮތުން ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ. 

ބަންކަރިންގެ ހިދުމަތުގެ އިތުރުން، މި ސަރުކާރުން އިހަވަންދިއްޕޮޅު ތަރައްގީ ކުރަން ނިންމާފައި ވަނީ މެރިޓައިމް ހިދުމަތްތަކާއި އިކޮނޮމިކް ސެކިއުރިޓީއަށް ހާއްސަ ސަމާލުކަމެއް ދީގެންނެވެ. އަދި ރިއަލް އެސްޓޭޓް ޓޫރިޒަމާއި އެހެނިހެން ވިޔަފާރިތައް މި މަޝްރޫއުގެ ދަށުން އިހަވަންދިއްޕޮޅުގައި ތަރައްގީ ކުރާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް