އޭނާ މިހެން ވިދާޅުވީ ކޮޕީ ރައިޓާއި އެއާ ގުޅޭ ގުޅޭ އެހެނިހެން ހައްޤުތަކުގެ ޤާނޫނުގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަމުންނެވެ.
އައްބާސް ވިދާޅުވީ ރާއްޖޭގެ ފިލްމީ އިންޑަސްޓްރީގެ އަހްލާގީ މިންގަޑު ވަރަށް ބޮޑަށް ރަނގޅުކުރަންޖެހޭކަމަށެވެ. އައްބާސް ވިދާޅުވީ ރާއްޖެއިން ބޭރުގައި ތަރިންނަކީ ރައްޔިތުންގެ ލޯބި ލިބި ސެލެބިރިޓީންގެ ގޮތުގައި އުޅެމުންދާ މީހުންކަމަށެވެ. އަދި އެ ތަރުން ފެނުނީމާއި ކަޅި އަަޅައިގެން ރައްޔިތުން އެމީހުންނަށްް ބަލަން ތިބޭކަން ފާހަގަކުރަމުން ރާއްޖެއިންވެސް އެ މަންޒަރު ކޮންމެވެސް ވަރަކަށް ފެނުނުކަމަށް އައްބާސް ވިދާޅުވިއެވެ.
އައްބާސް ވިދާޅުވީ ދިވެހި ފިމްލީ އިންޑަސްޓްރީޢާ މެދު ރައްޔިތުން ދެކޭގޮތް ބަދަލުކުރަން ކުރީގެ ތަރިންނާއި މިހާރު ތަރިން ގުޅިގެން އަހްލާގީ މިންގަނޑު ރަނގަޅުކުރަން މަސައްކަތް ކުރަންޖެހޭކަމަށެވެ. އަދި ރާއްޖޭގައި އުފެދޭ ފިލްމިތަކީ ރައްޔިތުން ވަރަށް ބަލާ ހިތްވާ ފިލްމުތަކަށްް ހެދުމަކީވެސް މުހިއްމު ކަމެއްކަމަށް އައްބާސް ވިދާޅުވިއެވެ.