ads
އެއާ ސާވިސް ކޮންފަރެސް މާދަމާ ފަށަނީ
އެމްއޭސިއެލް އިން އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ ޕާޓަނަރުން އިއުލާންކޮށްފި
މާދަމާ ފެށުމަށް ހަމަޖެހިފައިވާ އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ، ރާއްޖޭގެ ޓްރެވަލް އިންޑަސްޓްރީ ޕާޓްނަރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިއުލާންކޮށްފި އެވެ.
Advertisement

ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުން ކޮންގްރެސް ހޮސްޓްކުރާއިރު މިކޮންގްރެސްގެ ޓްރެވަލް އިންޑަސްޓްރީ ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައިވާ ފަރާތްތަށް އެމްއޭސީއެލްއިން ނެރުނު ބަޔާނުގައި ހާަމަކޮށްފައިވެ އެވެ.

އެމްއޭސީއެލްއިން ކޮންގްރެސްއަށް ޓްރެވަލް އިންޑަސްޓްރީ ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައިވާ ފަރާތްތައް :

  • އޭވިއާ މޯލްޑިވްސް
  • މާގިރި ހޮޓެލް
  • ސްކައިޓުއަރސް މޯލްޑިވްސް
  • ވިލާ ޓްރެވަލްސް
  • މޯލްޑިވްސް ފްލައިޓް ސަޕޯޓް

ދުނިޔޭގެ އެކި ސަރަހައްދުތަކުން 150 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާ މި ކޮންފަރެސް ރާއްޖޭގައި ބޭއްވުމަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓާއި އެކު ބައިވެރިވާ ފަރާތްތައްވެސް އެމްއޭސީއެލް އިން ހާމަ ކުރިއެވެ. އެއީ:

  • ރިސޯޓް ޕާޓްނަރުން: ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާ އަދި ސައީ ލެގޫން
  • ވެނޫ ޕާޓްނާ: ކުރުނބާ މޯލްޑިވްސް
  • ޑިޖިޓަލް ޕާޓްނާ: ދިރާގު
  • ސީޕްލޭން ޕާޓްނާ: ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ)
  • އެއާލައިން ޕާޓްނާ: އެމިރޭޓްސް އެއަރލައިން
  • އޭވިއޭޝަން ޕާޓްނާ: މޯލްޑިވިއަން
  • މީޑިއާ ޕާޓްނަރުން: އައިލެންޑް ޗީފް، ޓްރެވަލް ޓްރޭޑް މޯލްޑިވްސް، ހޮޓެލިއާ މޯލްޑިވްސް، ދަ އެރައިވަލް އަދި ޓްރެވަލިއުޝަން މީޑިއާ

އެންޑޯސްމަންޓް ޕާޓްނަރުން:

  • މިނިސްޓްރީ އޮފް ޓޫރިޒަމް
  • މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން
  • މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)
  • މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)

your imageއެއާ ސާވިސް ވޯލްޑް ކޮންގްރެސް ރާއްޖޭގައި ބާއްވަން ނިންމާ ޕާޓްނަރުން އިއުލާނުކުރަން މިއަދު ބޭއްވި ރަސްމިއްޔާތު - ފޮޓޯ: އެމްއޭސީއެލް

މިފަހަރު ރާއްޖޭއިން ހޮސްޓް ކުރާ އެއާ ސާވިސް ވޯލްޑް ކޮންގްރެސް އާއި ގުލޭ ގޮތުން އެމްއޭސީއެލްއިން އިތުރަށް ބުނީ އެއާސާވިސް ވޯލްޑް ކޮންގްރެސްއަށް މިހާރު ދަނީ އެންމެ ފަހުގެ ތައްޔާރީތައް ކުރަމުންކަމަށެވެ. މި ކޮންގްރެސްގައި ދުނިޔޭގެ އެކި ގައުމުތަކުގެ އެއާޕޯޓުތަކާއި، އެއާލައިންތައް އަދި ވައިގެ ސިނާއަތުގެ އެކި ފަންތީގެ ކުންފުނިތަކުގެ އިސްމަންދޫބުންނާއި ޓުއަރިޒަމް ބޯޑުތަކުން ބައިވެރިވުމަށް ހަމަޖެހިފައިވެ އެވެ.

މީގެއިތުރުން ކޮސްގްރެސްގެ ރަސްމީ ހަރަކާތްތައް ކުރުނބާ މޯލްޑިވްސް ރިސޯޓްގައި މިމަހު 10 އިން 11 އަށް ކުރިއަށް ދާނެކަަމަށް އެމްއޭސީއެލް އިން މައުލޫމާތުދެ އެވެ. ދުނިޔޭގެ އެކި ސަރަހައްދުތަކުން 150 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާ މި ކޮންފަރެސްގެ އިތުރު އިވެންޓްތައް ޝެރެޓަން މޯލްޑިވިސް، އަދި ކޮރޮސް ރޯޑްސްގެ ސައީ ލެގޫންގައި ކުރިއަށް ދާނެކަމަށްވެސް އެމްއޭސީއެލް އިން ބުނެ އެވެ.

އެއާ ސާވިސް ވޯލްޑް ކޮންގްރެސްއަކީ ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ވިޔަފާރިތަކުގެ މެދުގައި އޮންނަ ނެޓްވޯކިން ބައްދަލުވުމެކެވެ. މި އިންވެންޓް ފުރަތަމަ ބާއްވާފައިވަނީ 2010 ވަނަ އަހަރު އެވެ. މިއީ މިކޮންގްރެސް ބާއްވާ 7 ވަނަ ފަހަރެވެ. މި ކޮންގްރެސްއާއި އެކު، ރާއްޖޭގެ ވައިގެ ސިނާއަތަށް މުހިންމު ގިނަ ކަންތައްތައް މަގުފަހި ވެގެން ދާނެކަމަށް އެމްއޭސީއެލްއިން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް