
ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާ، މި ޕްރޮމޯޝަންގައި އިންޓަނޭޝަނަލް މަނީ ޓްރާންސްފާ ހަދާ ކަސްޓަމަރުންގެ މެދުގައި ގުރުއަތު ނަގައި ހަފްތާއަކު 5000ރ. ގެ ގިފްޓް ކާޑެއް ދޭނެ އެވެ. ޖުމްލަ ފަސް ކަސްޓަމަރަކަށް މި ޕްރޮމޯޝަނުގައި ގިފްޓު ކާޑު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ފްރޮމޯޝަންގެ މުއްދަތުގައި އިންޓަނޭޝަނަލް މަނީ ޓްރާންސްފާގެ ހިދުމަތްމެދުވެރިކޮށް 100 ޑޮލަރަށް ވުރެ ގިނައިން ރާއްޖެއިން ބޭރަށް ޓްރާންސްފާ ކުރާ ކަސްޓަމަރުންނަށް ޕްރޮމޯޝަންގައި ބައިވެވޭނެ އެވެ.
ބޭންކުން ބުނީ ބީއެމްއެލް މޯބައިލް ބޭންކިން އެޕްލިކޭޝަން މެދުވެރިކޮށް އިންޓަނޭޝަނަލް މަނީ ޓްރާންސްފާ މެދުވެރިކޮށް ބޭންކް އެކައުންޓް، ކޭޝް އޭޖަންޓުންނާއި އަދި ޑިޖިޓަލް ވޮލެޓްތަކަށް ޔޫއެސް ޑޮލަރު އެކައުންޓާއި ޔޫއެސްޑީ ޕްރީޕެއިޑް ކާޑު މެދުވެރިކޮށް ފައިސާ ފޮނުވޭނެ ކަމަށެވެ.
މި ޕްރޮމޯޝަން ކުރިޔަށްދާނީ މިއަދުން ފެށިގެން އަންނަ ސެޕްޓެމްބަރު މަހުގެ 7 ގެ ނިޔަލަށެވެ.