ads
ޕީއެސްޖީގެ ކުރީގެ ތަރި ޖޭ-ޖޭ އޮކޯޗާ ގަލޮޅު ދަނޑަށް
ޕީއެސްޖީގެ ކުރީގެ ތަރި ޖޭ-ޖޭ އޮކޯޗާ ގަލޮޅު ދަނޑަށް
އުރީދޫގެ ދައުވަތަކަށް ރާއްޖެއައި، ފްރާންސްގެ ޕީއެސްޖީގެ ކުރީގެ ތަރި އަދި ނައިޖީރިއާގެ ލެޖެންޑު ޖޭ-ޖޭ އޮކޯޗާ މާލޭގައި އެގްޒިބިޝަން ފުޓްބޯޅަ މެޗެއްގައި ބައިވެރިވެއްޖެ އެވެ.
Advertisement

އުރީދޫގެ ދައުވަވަތަކަށް ރާއްޖެއައި ޖޭ-ޖޭ އޮކޯޗާގެ ދަތުރުގައި ގިނަ ހަރަތްތަކެއް ކުރިއަށް ގޮސްފައިވާއިރު، ދަތުރުގެ އެންމެ ފަހު ހަރަކާތަކަށް އޮތީ މިއަދު ރަސްމީ ދަނޑުގައި ކުޅުނު ފުޓްބޯޅަ މެޗެވެ. 

ދިވެހި ފުޓްބޯޅަ ލެޖެންޑުންގެ ޓީމަކާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލު ކުރި މި މެޗުގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު އާއި ކުޅިވަރާއި ވަޒީރު އަބްދުﷲ ރާފިއުވެސް ކުޅުނެވެ.

މި މެޗުގެ ލެޖެންޑުންގެ ޓީމުގެ ކެޕްޓަން އަކަށް ހުރީ ޖޭ-ޖޭ އޮކޯޗާއެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދިއައީ 5-8 ގެ ނަތީޖާ އަކުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންސް ކުރި ހޯދައިގެންނެވެ.

އުރީދޫ މޯލްޑިވްސްގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) ހުސެއިން ނިޔާޒް ވިދާޅުވީ އުރީދޫއިން ކުރިއަށް ގެންދިޔަ މި ހަރަކާތަކީ ވަރަށް ކާމިޔާބު ހަރަކާތެއް ކަމަށެވެ. އަދި މި ހަރަކާތުން ގިނަ ބަޔަކަށް އުފާވެރިކަން ގެނެސް ދެވުމުގެ އިތުރުން ޔޫރަޕުގައި ރާއްޖެ އިސްތިހާރު ވެސް ކުރެވުނު ކަމަށް ވެސް ނިޔާޒް ދެކިލައްވަ އެވެ.

your imageމެޗުގައި އޮކާޗާގެ އިތުރުން ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ދެ ކެޕްޓަނުން ކަމަށްވާ އަލީ އަޝްފާގާއި ކަލީމް ކުޅުނުއިރު އޮކޯޗާ ވެސް ރާއްޖޭގެ ތަރިންގެ ޓީމަށް

އޮކޯޗާ ޕީއެސްޖީ އެކަޑަމީ ކޯޗިން ކްލިނިކާ އެކު ކުޑަކުދިންނަށް ހާއްސަކޮށްގެން ހަރަކާތެއް ވެސް ވަނީ ހިންގާފަ އެވެ. އެ ހަރަކާތުގައި އެކަޑަމީތަކުގެ ކުދިން ބައިވެރިވި އެވެ.

އޮކޯޗާއާ އެކު އުރީދޫއިން ވަނީ ގިނަ ހަރަކާތްތައް ހިންގައިފަ އެވެ. އެގޮތުން އުރީދޫ ފަން ރަން ލާމު އެޑިޝަންގައި ވެސް އޭނާ ވަނީ ބައިވެރިވެފަ އެވެ. އެ މަންޒަރުތައް ޕީއެސްޖީގެ އޮފިޝަލް ސޯޝަލް މީޑިއާ ހެންޑަލްތަކުން ދެއްކި އެވެ.

ޕީއެސްޖީއަކީ 2013 ވަނަ އަހަރުން ފެށިގެން އުރީދޫ ގްރޫޕްގެ ޕްރިމިއަމް ޕާޓްނަރެއްގެ އިތުރުން ގްލޯބަލް ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ކްލަބެކެވެ.

މި ޕަރޓްނަރޝިޕްގެ ދަށުން އުރީދޫ ޕެރިސް ސެއިންޓް ޖާމަން އެކަޑަމީ އާއި ޕެރިސް ސެއިންޓް ޖާމަން ހޭންޑްބޯލް އެކަޑަމީ ފަދަ ހަރަކާތްތަކުގެ ތެރެއިން ގުޅިގެން މެދުއިރުމައްޗާއި އުތުރު އެފްރިކާ އަދި ދެކުނު އިރުމަތީ އޭޝިއާގެ ޒުވާނުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް