ads
މާލޭގައި ވިޔަފާރިކުރާ ބިދޭސީންގެ ބޮޑެއް އަތުލައިގަތުމަށް ހިންގި އޮޕަރޭޝަންގެ ތެރެއިން
މާލޭގައި ވިޔަފާރިކުރާ ބިދޭސީންގެ ބޮޑެއް ހައްޔަރުކޮށްފި
މާލޭގައި ގަވައިދާ ހިލާފަށް ވިޔަފާރި ހިންގަމުން އަންނަ ބިދޭސީންގެ ބޮޑެއް އަތުލައިގެންފިކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އެ އިދާރާއިން ބުނީ މި މީހާ އަތުލައިގަތީ މާލޭގައި އެކިއެކި ކުދި ރީޓެއިލް ފިހާރަތައް ފުޅާދާއިރާއެއްގައި ހިންގަމުންދާ ކަމަށް އިމިގްރޭޝަން އިންޓެލިޖެންސަށް ލިބުނި މައުލޫމާތަކާއި ގުޅިގެން އޭނާ ހޯދުމަށް ރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައިކަމަށެވެ. 

ރޭ 23:30 ފެށިގެން އެއް ގަޑިއިރަށް ކުރިޔަށްދިޔަ މި އޮޕަރޭޝަންގައި އެމީހާއާއި އޭނާއާ އެކު ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުން ދިޔަ ބިދޭސީންތަކެއް އަތުލައިގެންކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ. އަތުލައިގަތީ 03 ފިރިހެނަކާއި، އަންހެނެކެވެ. މި އެންމެންވެސް ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައެވެ. 

your imageމާލޭގައި ވިޔަފާރިކުރާ ބިދޭސީންގެ ބޮޑެއް އަތުލައިގަތުމަށް ހިންގި އޮޕަރޭޝަންގެ ތެރެއިން 


ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށް ހިންގާ އޮޕަރޭޝަންގައި މިދިޔަ ދެތިން ދުވަހު ވަނީ ގިނަ އަދަދެއްގެ ބިދޭސީން ހައްޔަރުކޮށްފައެވެ. އިއްޔެވެސް މާލެ ސަރަހައްދުގައި ހިންގަމުންދާ ދެ މާރުކޭޓެއް ބަލައި ފާސްކޮށް އެތަން ތަނުން 04 ފިރިހެނަކާއި 02 އަންހެންވަނީ ހައްޔަރުކޮށްފައެވެ. 

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދާ ފިޔަވަޅު އެޅުމަށްް ކުރަމުންދާ މަސައްކަތުގެ ދަށުން ގަވައިދާ ހިލާފަށް އުޅުނު 1800 އަށްވުރެ ގިނަ ބިދޭސީން މިހާތަނަށް އެމީހުންގެ ގައުމަށް ފުރުވާލާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ

ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ އަދި ހުއްދަނެތް ބިދޭސީންނާ އެކު މަަސައްކަތް ކުރާ ދިވެހީން ހޯދާ އެމީހުންނަށްވެސް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އިމިގްރޭޝަނުން ވަނީ ދީފައެވެ. އެގޮތުން ގާނޫނުން ބާރު ދީފައިވާގޮތަށް 50،000 ރުފިޔާއަށް ވުރެ ބޮޑު އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު ކޮންޓްރޯލާ އޮފް އިމިގްރޭޝަނަށް ލިބިގެންވާކަމަށާއި އެކަން އެގޮތަށް ކުރާނެކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް