އެންމެ ފަހުގެ ޗެމްޕިއަން ވެމްކޯއަށް، ނުކުޅެ ފުރަތަމަ މެޗު ލިބުނީ ވެމްކޯއާ ކުޅެން އޮތް އަލްމާ ސްޕޯޓްސް މެޗަށް ހާޒިރު ނުވުމުންނެވެ. އިއްޔެ ހަވީރު އެންމެ ވެމްކޯ އިން އަލްމާއާ ދެކޮޅަށް ނުކުންނަ ގޮތައް އޮތް ނަމަވެސް އަލްމާއިން ހާޒިރުނުވުމުން މި މެޗު ލިބުނީ ސީދާ ތިން ސެޓުންނެވެ.
މި މުބާރާތުގައި ރޭ ޕޮލިސް ކުލަބުން ކުޅުނީ ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން އާ ދެކޮޅަށެވެ. މި މެޗު, ޕޮލިސް ކުލަބުން ކާމިޔާބުކުރީ 3-2 ސެޓުންނެވެ. އެއީ 18-10, 18-14, 16-18, 12-18 އަދި 15-11 އިންނެވެ.