ads
ލ. ކަލައިދޫ——
ކަލައިދޫ ކައުންސިލުން އަބުރާ ބެހުނު މައްސަލަ ބޭރުކޮށްލައިފި
ލ. ކަލައިދޫ ކައުންސިލް އިދާރާއިން މީހެއްގެ އަބުރާ ބެހުނުކަން ސާބިތުތި ސާބިތުވުން ބާތިލުކުރަން ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފި އެވެ.
Advertisement

ލ. ކަލައިދޫ ކައުންސިލުން އެ ރަށު މީހެއްގެ އަބުރާ ބެހުނުކަން ސާބިތުވާ ކަމަށް އެ ރަށު ކޯޓުން ހުކުމް ކުރީ މިދިޔަ ފެބްރުއަރީ މަހުއެވެ. އެއީ، ކައުންސިލް އިދާރާއިން ހަދާފައިވާ ކޮމިއުނިޓީ ވައިބަ ގްރޫޕެއްގައި އެ ރަށު ކޯޒީ ހައުސް، އަލީ ޔޫސުފްގެ އަބުރަށް ހުތުރުވާ ގޮތަށް ލިޔުނު ލިޔުމަކާ ގުޅިގެންނެވެ. އެ މައްސަލައިގައި ކައުންސިލާ ދެކޮޅަށް އަބުރުގެ ދައުވާ ކުރީ، އަލީ ޔޫސުފްއެވެ. 

އެ މައްސަލަ ކައުންސިލްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށް، އިސްތިއުނާފު ރަޖިސްޓްރީ ފީ ދައްކަން އެންގުމުން އެ ފީ ނުދެއްކުމާ ގުޅިގެން މައްސަލަ މިއަދުވަނީ ހައިކޯޓުން ބޭރުކޮށްލާފައެވެ. ރަޖިސްޓްރޭޝަން ފީ އަކީ އެންމެ 300 ރުފިޔާއެވެ.

މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި، ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހަކު ހޯދުމަށް ކުރި އިއުލާނަށް އިޖާބަދީ، އަލީ ޔޫސުފް އެ މަގާމަށް ކުރިމަތިލައި އަދި އިންޓަވިޔުއިން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން އެ މަގާމަށް އޭނާ ހޮވިފައިވަނިކޮށް، އެ މަގާމަށް އޭނާ އައްޔަން ކުރަން ކައުންސިލުން ދެކޮޅު ހަދައި، އޭނާގެ އަބުރަށް ހުތުރުވާ ގޮތަށް ކައުންސިލްގެ ރަސްމީ ވައިބާ ގްރޫޕުގައި ލިޔުމެއް ހިއްސާ ކުރިއެވެ. 

މި ލިޔުމުގައި ޔޫސުފްގެ އަބުރަށް ހުތުރުވާ ގޮތަށް، ދޮގު ތުހުމަތުތަކެއް ކޮށްފައިވާކަމަށް ޔޫސިފަށް ގަބޫލް ކުރެވިގެން އެ މައްސަލަ ކޯޓަށް ހުށަހެޅީއެވެ.

އެ މައްސަލައިގައި އެ ރަށު ކޯޓުގައި ޔޫސުފް އެދުނީ ޔޫސުފްގެ އަބުރާ ކައުންސިލުން ބެހިފައިވާކަން ކަނޑައަޅައި ދިނުމަށާއި އަދި އޭނާގެ ކިބައިން ލިޔުމުން ކައުންސިލް މައާފަށް އެދުމަށް އަދި މައާފަށް އެދި ލިޔާ ލިޔުން ކައުންސިލްގެ ކޮމިއުނިޓީ ވައިބަ ގުރޫޕްގައި ހިއްސާކުރުމާއެކު އަބުރާ ބެހުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ.

މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި އަލީ ޔޫސުފަށް މަގާމް ދިނުމަށް ސިވިލް ސާވިސް ކޮމިޝަނުން ނިންމައި، އެކަމުގައި ކައުންސިލްގެ ލަފައަކަށް އެދުމުން ކައުންސިލްގެ ފަސް މެންބަރުންގެ ތެރެއިން ތިން މެންބަރުންގެ ވޯޓުން އަލީ ޔޫސުފް އެ މަގާމަށް އައްޔަން ކުރަން ނުފެންނަ ކަމަށް ނިންމީއެވެ. މި މައްސަލައިގައި އިސްމެޖިސްޓްރޭޓް ކުރި ހުކުމުގައިވަނީ އަލީ ޔޫސުފްގެ އަބުރަށް ކައުންސިލުން އަރައިގެންފައިވާ ކަމަށް ކަނޑައަޅުއްވާފަ އެވެ. އަދި އަލީ ޔޫސުފްގެ ކިބައިން މައާފަށް އެދި ކައުންސިލުން ސިޓީއެއް ފޮނުވުމަށާއި، މާއްދީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 5،000 ރުފިޔާ އަލީ ޔޫސުފަށް ދިނުމަށްވެސް ހުކުމްކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް