ads
އޯގަނިކް ކުނި ފޮޓޯ: ޓޮރޭންސް ސީއޭ
އޯގަނިކް ކުނި ނައްތާލާ ޕްލާންޓުތަކުން 2 ހަފްތާތެރޭ ހިދުމަތްދޭން ފަށަނީ
ނައްތާލަން އުނދަގޫ ކުނި ކަމަށްވާ ބަދިގެ ކުންޏާއި "އޯގަނިކް ވޭސްޓް" ނައްތާލާ ހާއްސަ ޕްލާންޓުތަކުން ކުރިއަށްއޮތް ދެ ހަފުތާ ތެރޭ ހިދުމަތްދޭންފަށާނެކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
Advertisement

މިނިސްޓަރު ތޯރިގް މިހެން ވިދާޅުވީ މިއަދު އެންވަޔަރަމަންޓް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. 

ތޯރިގް ވިދާޅުވީ ރަށްރަށުގައި އުފައްދާ ކުނީގެ ތެރެއިން މެނޭޖްކުރުމަށް އެންމެ އުނދަގޫ ކުންޏަކީ ބަދިގެ ކުންޏާއި އޯގަނިކް ވޭސްޓް ކަމަށްވާއިރު އެކަމަށް ހައްލެއް ހޯދުމުގެގޮތުން މީގެކުރިން މިނިސްޓްރީން ކުރަމުން ދިޔައީ "މެނުއަލް ކޮމްޕޯސްޓިން" ކަމަށެވެ. އެއީ ނައްތާކަން އުނދަގޫ ކުނި ވަކިތަނަކަށް ގެންގޮސް ޕައިލް ކުރުމަށްފަހު ވަކި ތާވަލެއްގެ ދަށުން ޕައިލް ފުރޮޅުމަށްފަހު ކޮމްޕޯސްޓް ހެދުން ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތަށް ކަންކުރަމުން ދިޔަ ނަަމަވެސް އެއީ އިންސާނީ ވަސީލަަތައް ހުރިގޮތުންނާއި އެކަމުގައި ކުރަންޖެހޭ މަސައްކަތް ބޮޑު ވުމާއި އަދި އެފަދަ މަސައްކަތަތަކަށް އެކަށީގެންވާ ޖާގަ ނުލިބުމުގެ ސަބަބުން އެންމެ ކާމިޔާބު ކަމާއި އެކު ކުރިއަށްގެންދެވޭ މަސައްކަތަކަށް ނުވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެގޮތުން އެ ކަން ބަދަލުކުރުމަށްޓަކައި މިނިސްޓްރީން މިހާރު ވަނީ މެކޭނިކަލް ކޮމްޕޯސްޓެއް ރާއްޖޭގައި ޓެސްކުރަން ފަށަފައިކަމަށް ތޯރިގް ވިދާޅުވި އެވެ.

"މީގެ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުން ރާއްޖޭގެ ހަތަރު ރަށެއްގައި މިފަދަ މެޝިނަރީ ބެހެއްޓި މިހާރު މިވަނީ ކޮމިޝަން ކުރެވިފައި، އެހެންކަމުން މި ހަތަރު ރަށުގެ ޕްލާންޓް ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި އޮޕަރޭޝަނަށް ގެނެއުމަށް މިނިސްޓްރީން މި ވަނީ ތައްޔާރުވެފައި" ތޯރިގް ވިދާޅުވި އެވެ.

އެ ޕްރޮޖެކްޓްގެ ޕައިލެޓް މަރުހަލާގައި ހަ މަސް ވަންދެން ޕްލާންޓްތައް އޮޕަރޭޓް ކުރެވޭނީ ޕްލާންޓްތައް ބެހެއްޓުމަށް ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރުން ދޭ ސީދާ އެހީތެރިކަމާއި ބެލުމުގެ ދަށުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެކަން ކާމިޔާބު ވެއްޖެނަމަ ރާއްޖޭގައި މީހުން ދިރިއުޅޭ އެހެން ރަށްތަކުގައިވެސް ކުނި މޭނެޖްކުރުމުގެ ނިޒާމުތައް ސަރުކާރުން ފޯރުކޮށްދިނުމަށް ރާވަމުން ގެންދާނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް