ޢަސައިންގެ ލޯގޯ ބޭނުންކޮށް އެކުންފުނީގެ ނަމުގައި ސޯޝަލް މީޑިއާގައި އަންނަނީ ޕޯސްޓެއް ހަދާ ދައުރުކުރަމުންނެވެ.
އެ ޕޯސްޓްގައި ބުނެފައިވަނީ "އާސަންދައިގެ ދަށުން ބޭސްފަރުވާއަށް ދާ ބޭފުޅުންނަށް ބޭންކް ރޭޓްގައި ޑޮލަރު ހަމަޖައްސާދެން " މިހެންނެވެ.
އާސަންދައިން ބުނީ ދައުރުވަމުންދާ ޕޯސްޓަކީ އެ ކުންފުންޏާއި އަދި އާސަންދަ ސްކީމާއި އެއްވެސް ގުޅުމެއް ހުރި ޕޯސްޓެއް ނޫންކަމަށާއި އެއީ ސްކޭމެއްކަމަށެވެ. އެހެންކަމުން އެކަމަށް ސަމާލުވުމަށް އެކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.
ފަހަކަށް އައިސް ރާއްޖޭގައި ސްކޭމްތައް މެދުވެރިކޮށް މަކަރާއި ހީލަތުން މީހުން އަތުން ފައިސާ ފޭރުމުގެ މައްސަލަތައް ވަނި އިންތިހާ ބޮޑުވެފައެވެ. ސްކޭމް މައްސަލަތައް ހުއްޓުވުމަށް ފުލުހުންގެ ތެރޭގައި އެންޓި ސްކޭމް ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ ބުނެފައެވެ. އަދި މި ސެންޓަރު ގާއިމުކުރާނީ ބޭންކުތައް ބައިވެރިކޮށްގެން ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.
މިއަހަރު ސްކޭމް މައްސަލަތައް ގިނަ، މިދިޔަ 5 މަހު 11 މިލިއަން ފޭރިގަނެފި
މިދިޔަ އަހަރަށް ވުރެ މި އަހަރުގެ މިހާތަނަށް ހުށައެޅި ސްކޭމް މައްސަލަތައް 200 އިންސައްތަ ގުނައަކުން އިތުރުކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ މައްސަލަތަކުން 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ސްކޭމަރުން ފޭރިގަންފައިވާކަން ފުލުހުންގެ ހިސާބުތަކުން ދައްކައެވެ.