ޓީޓީގެ އިންތިހާބުގައި މަގާމްތަކަށް ވާދަކުރީ ކޮންމެ މަގާމަކަށްވެސް އެންމެ މީހެއް ކަމަށްވާތީ، އޮތީ ހަމަ އެކަނި ފެންނަ ނުފެންނަ ވޯޓެއް ނެގުމެވެ. އައްޔަ އެންމެ ފުރަތަމަ ރައީސަކަށް އިންތިހާބުވީވެސް، ވާދަވެރިއަކު ނެތިއެވެ. އެއީ، 2016 ވަނަ އަހަރު ބޭއްވި އިންތިހާބު ކާމިޔާބު ކުރައްވައިގެންނެވެ. އެކަމަކު، އެންމެ ފަހުން، 2020 ވަނަ އަހަރު ބޭއްވި އިންތިހާބު ވާދަވެރިކޮށް ދިޔައިރު، އައްޔަ، ވަނީ ދެ ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފަ އެވެ.
އައްޔަ އަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީގެ ވެސް މެމްބަރެކެވެ. އައްޔައަކީ ކުރިއަށް އޮލިމްޕިކް ގޭމްސްގައި ބައިވެރިވާ ދިވެހި ކޮންޓިންޖެންޓްގެ ޝެފް ޑި މިޝަންއެވެ.
ޓީޓީ އެސޯސިއޭޝަން ކަޕުގެ ސިންގަލްސް ޗެމްޕިއަންކަމާއި ގައުމީ މުބާރާތުގެ ޑަބަލްސް އާއި ޓީމް ޗެމްޕިއަންކަން ހޯދާފައިވާ އައްޔަ އަންނަނީ 2006 ވަނަ އަހަރުން ކުޅުމުން ރިޓާޔަކުރި ފަހުން، އެސޯސިއޭޝަނަށް އެކި ގޮތްގޮތުން ހިދުމަތް ކުރަމުންނެވެ. 2006 އިން 2008 އަށް އެސޯސިއޭޝަންގެ އިދާރީ މަސައްކަތްތައް ކުރިއިރު، 2008 ވަނަ އަހަރުން ފެށިގެން އޭނާ އަކީ ޓީޓީގެ ނައިބް ރައީސް އެވެ.