ads
މަސްވެރިން ފޮޓޯ ހަނީ އާމިރު
ކަނޑުމަތިން އޮޔާދިޔަ ފުޅިތަކެއް ބުއި ލަންކާ މަސްވެރިންތަކެއް މަރުވެއްޖެ
ކަނޑުމަތިން އޮޔާދިޔަ ފުޅިތަކެއް ބުއި ހަތަރު ސްރީލަންކާ މަސްވެރިން މަރުވެ، އިތުރު ދެ މީހުން ހާލަތު ގޯސްވެފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި ހާދިސާ ހިނގީ މިދިޔަ ހަފްތާގައި މޫދުން ފެނުނު ފުޅިތަކެއްގައި ހުރި ގޮތް ނޭގޭ ދިޔާއެއްޗެއް ބުއިމުން ކަމަށް ލަންކާ ފުލުނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.  

މި ފުޅިތައް ފެނުނީ ސްރީލަންކާގެ ދެކުނު ސަރަހައްދުގެ ތަންގަލް ރަށުން 320 ނޯޓިކަލް މޭލު ދުރުންނެވެ. 

ސްރީލަންކާ ނޭވީން ބުނެފައިވަނީ މި ފުޅިތަކުގައި ހުރީ ބަނގުރާ ކަމަށް ހީކޮށް މަސްވެރިން އެ ބުއި ކަމަށެވެ.

ސްރީލަންކާގެ ފިޝަރީޒް އެންޑް އެކުއެޓިކް ރިސޯސަސް ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޖެނެރަލް ސުސަންތަ ކަހަވަތެ ވަނީ މީޑިއާތަކަށް މަޢުލޫމާތު ދެމުން، ވިދާޅުވީ ހާލު ގޯސްވި މަސްވެރިން އަނބުރާ ލަންކާއަށް ގެނައީ ކޯސްޓު ގާޑުގެ އެހީތެރިކަމާއެކުއެވެ. އޭނާ ބުނި ގޮތުގައި މަސްވެރިން އަނބުރާ އެއްގަމަށް ގެނައުމަށް ވަގުތު ނެތުމުން، "ޑެވަން" ނަމަކަށް ކިޔާ މަސްދޯނީގައި ތިބި މީހުންނަށް ނޭވީން މެޑިކަލް ފަރުވާ ދެމުންދިޔައެވެ. 

ކަހަވަތެ ވަނީ ސްރީލަންކާގެ ނޫސްތަކަށް ބުނެފައިވަނީ މި މަސްވެރިން އެ ސަރަހައްދުގައި އުޅުނު އެހެން މަސްވެރިންނަށްވެސް މި ފުޅިތައް ބަހާފައިވާކަމަށެވެ. 

މަސްވެރިން ވަނީ މި ފުޅިތައް އިތުރު މަސްވެރިންނަށް ވެސް ބަހާފައެވެ. ނަމަވެސް ލަންކާގެ ނޭވީން ވަނީ މަސްވެރިންނަށް އެ ފުޅުތައް ނުބުއިމަށް އަންގާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް