ads
ހޭންޑް ފުޓް އެންޑް މައުތް ޑިޒީސް ޖެހިފައި
ފާނަ ބަސަންދާއި ހޭންޑް ފުޓް އެންޑް މައުތު ޑިޒީސް ފެތުރެނީ
މިދުވަސްވަރު ރާއްޖޭގައި ފާނަބަސަންދާއި ހޭންޑް ފުޓް އެންޑް މައުތު ޑިޒީސް އިތުރުވަމުން އަންނަކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ ބުނެފިއެވެ.
Advertisement

އެޗްޕީއޭއިން ބުނީ ފާނަބަސަންދު ޖެހިގެން މިދިޔަމަހުގެ ފަހު ހަފްތާގައި ޑޮކްޓަރަށް ދެއްކި މީހުންގެ އަދަދު 94 އަރާކަމަށެވެ. އަދި އެ އަދަު މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް 107 އަރާފައިވާކަމަށްވެސް އެ އިދާރައިން ބުނެއެވެ. ފާނަބަސަންދު ޖެހިގެން އެންމެ ގިނަ މީހުން ޑޮކްޓަރަށް ދައްކާފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ޅ. އަތޮޅާއި އައްޑޫ ސިޓީންނެވެ. 

ހޭންޑް ފުޓް އެންޑް މައުތު ބަލި ޖެހިގެން މިދިޔަ މަހުގެ ފަހު ހަފުތާގައި11 މީހަކު ވަނީ ޑޮކްޓަރަށް ދައްކާފައެވެ. އަދި މިމަހުގެ 6 ވަނަދުވަހުގެ ނިޔަލަށް އެ އަދަދު 35 އަރާފައިވާކަމަށްް އެޗްޕީއޭއިން ބުނެއެވެ. ހޭންޑް ފުޓް އެންޑް މައުތު ޑިޒީސް އެންމެ ގިނައިން ފެނިފައިވަނީ މާލޭ ސަރެރަހައްދުންނެވެ. ދެން މި ބަލި އެންމެ ގިނައިން ފެންނަމުން އަންނަނީ  އދ. އަތޮޅުންނެވެ.

ފާނަބަސަންދާއި ހޭންޑް ފުޓް އެންށް މައުތް ޑިޒީސްގެ އިތުރުން މި ދުވަސްވަރު ލޮލު ރޯގާވެސް އަންނަނީ ފެންނަމުންނެވެ. އެހެންނަމަވެސް އެ ބަލި ފެތުރޭ މިންވަރު ދަށްވަމުން އަންކަމަށް އެޗްޕީއޭއިން ބުނެއެވެ. ލޮލު ރޯގާ އެންމެ ގިނައިން ފެންނަމުން އަންނަނީ މާލޭ ސަރަހައްދުގެ އިތުރު ފުވައްމުލަކު ސިޓީންނެވެ. 

your imageހޭންޑް ފުޓް އެންޑް މައުތު ޑިޒީސް ބަލީގެ އަލާމާތްތައް

ހޭންޑް ފުޓް އެންޑް މައުތަކީ ކުޑަކުދިންގެ މެދުގައި އާއްމު މޫސުމީ ބައްޔެކެވެ. ހޭންޑް، ފުޓް އެންޑް މައުތު އަކީ ވައިރަސްއަކުން ޖެހޭ، މި ބަލި ބައެއް ފަހަރު ބޮޑެތި މީހުންނަށް ވެސް ޖެހެ އެވެ. ބަލި ޖެހުމުން ނަގާ ބިހިތައް ބައެއް ފަހަރު މުޅި ގަޔަށް ފެތުރުމުގެ ފުރުސަތު އޮވެ އެވެ.

ހޭންޑް ފުޓް އެންޑް މައުތު ބަލީގެ ބައެއް އަލާމަތްތަކުގެ ތެރޭގައި ހުން އައިސް ބޮލުގައި ރިއްސުމާއި އަތްތިލަ އާއި ފައިތިލާގައި ރަތްކުލައިގެ ބިހިތަކެއް ނެގުމަށް ފަހު ފެން ފޮޅަކަށް ބަދަލުވުން ހިމެނެއެވެ. މީގެ އިތުރުން ކަރުތެރެ ފާރުވުމާއި ވަރުދެރަވުމަކީވެސް މީގެ އަލާމާތެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް