ads
މާލޭ ޖަލު
ސްކޭމްގެ ފައިސާ ކަރެކްޝަން އޮފިސަރުންގެ އެކައުންޓަށް ޖަމާވި
ދާދިފަހުން ހިންގި ދެ ސްކޭމެއްގައި ގެއްލުނު ފައިސާއިން ބައެއް ފައިސާ މާފުށީ ޖަލު ބަލަހައްޓާ ކަރެކްޝަންސް އޮފިސަރުންގެ އެކައުންޓްތަކަށް ވަދެފައިވާކަމަށް ފުލުހުން ބުނެފިއެވެ.
Advertisement

ފުލުހުން މިއަދު ވަނީ މި އަހަރު ހިންގި ބޮޑު ދެ ސްކޭމެއްގެ ތަފްސީލު ހިއްސާކޮށްފައެވެ. މީގެތެރެއިން އެއް ސްކޭމަކީ މި އަހަރުގެ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ހިންގި ސްކޭމެކެވެ. އެ ސްކޭމްގައި 587،149 ރުފިޔާ ވަނީ  ދަމައިގެންފައެވެ. ދެވަނަ ސްކޭމަކީ މިދިޔަ މަހުގެ 18 ވަނަދުވަހު ހިންގި ސްކޭމެކެވެ. އެ ސްކޭމްގައި އަމިއްލަ ވިޔާފަރިވެރިއެއްގެ އަމިއްލަ އެކައުންޓުންނާއި ވިޔަފާރި އެކައުންޓުން 1.9 މިލިއަން ރުފިޔާ ވަނީ ދަމައިގެންފައެވެ. 

މި މައްސަލަތަކުގެ ތަފްސީލުތައް އާއްމުކުރަމުން ފުލުހުން ބުނީ މި ދެ ސްކޭމާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. އަދި އޭގެތެރެއިން އެކަކީ ޕްރޯލްގެ ދަށުން ދޫކޮށްލައިފައިވާ މީހެއްކަމަށްވެސް ފުލުހުން ބުނެއެވެ. 

ފަސްލައްކަ ރުފިޔާގެ ސްކޭމް

  • އެމީހާގެ އެކައުންޓުން 25،000 ރުފިޔާ ނެގި 
  • އެމީހާގެ ގުޅުން އޮންނަ ޖަމިއްޔާގެ އެކައުންޓަކުން 562،149 ރުފިޔާ
  • ފައިސާތައް ނެގީ 2 ގަޑިއިރުގެ ތޭރޭގައި
  • ފައިސާ ނެގުމާއި މުދާ ގަތުމަށް 8 އަތޮޅަކުން 36 ރަށަކުން 150 މީހުން ބައިވެރިވި 
  • ފައިސާ ނަގާފައިވަނީ  8 އޭޓީއެމަކުން (ރާއްޖޭގެ އެކި ސަރަހައްދުން ) 
  • ކްރިޕްޓޯ ކަރަންސީ އާ 5 ވިޔަފާރިއަކުން އަގު ބޮޑެތި އިލެކްޓްރޯނިކްސް ގަނެފައިވޭ 

1.9 މިލިއަން ރުފިޔާގެ ސްކޭމް

  • އެމީހާގެ އެކައުންޓުން 24،883.14 ރުފިޔާ ނެގި
  • އެމީހާފގެ ވިޔަފާރިއާ ގުޅުން އޮންނަ އެކައުންޓް 1،897،016 ރުފިޔާ ނެގި 
  • ފައިސާތައް ނެގީ 2 ގަޑިއިރުގެ ތޭރޭގައި
  • ކުންފުނީގެ އެކައުންޓުން ބޭރުކުރި ފައިސާ 50 އެކައުންޓަށް ޖަމާކުރި 
  • 36 އެކައުންޓަކަށް ޖަމާވި ފައިސާ ނަގާފއިވޭ. 
  • އެ ސްކޭމް ހިންގިއިރު 2.6 މިލިއަން ރުފިޔާ ވިޔަފާރީގެ އެކައުންޓުގައި ހުރި، ސަލާމަތް ކުރެވުނީ އެންމެ 800,000 ރުފިޔާ 

ފުލުހުން ބުނީ މި ދެ ސްކޭމްގެ ތަހުގީގު ވަރަށް ފުޅާ ދާއިރާއެއްގައި ހިންގާފައިވާކަމަށެވެ. އެގޮތުން 180 ވުރެ ގިނަ ފުލުހުން ރާއްޖޭގެ އެކި ހިސާބުން މި ތަހުގީގުގައި މަސައްކަތް ކުރިކަން ފުލުހުން ފާހަގަކުރިއެވެ. 

ފުލުހުން ބުނީ މި ސްކޭމްތަކާއި ގުޅެނީ މާފުށީ ޖަލާކަމުން އެތަން ބަލާ ފާސްކޮށް އެތަނުން ގިނަ އަދެދެއްގެ ފޯނާއި އެކި އެކައުންޓްތަކުގެ ނަމްބަރުތައް ނޯޓްކޮށްފައިވާ 9 ފޮތެއް ފުލުހުންނަށް ފެނިފައިވާކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް