ads
ބީއެމްއެލްގެ ބައެއް ހިދުމަތްތަކަށް ބުރޫއަރައިފި - ފޮޓޯ:ބީއެމްއެލް
ބީއެމްއެލްގެ ބައެއް ހިދުމަތްތަކަށް ބުރޫއަރައިފި
ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުގެ ހިދުމަތްތަކަށް މިއަދު މެންދުރުން ފެށިގެން ބުރޫ އަރައިފި އެވެ.

ބީއެމްއެލްއިން ބުނެފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެ ބޭންކުގެ ކާޑުން ލިބޭ ހިދުމަތްތަކަށް ބުރޫ އަރާފައިވާ ކަމަށެވެ.

އެގޮތުން ޕޭމަންޓް ގޭޓްވޭ، ޕީއޯއެސް މެޝިން އަދި އޭޓީއެމްތަކުގައި ކާޑު ބޭނުންކޮށްގެން ހިދުމަތް ހޯދުމުގައި ދަތިތަކާ ކުރިމަތިވެފައިވާކަން ފާހަގަކޮށްފައިވެއެވެ. ބީއެމްއެލްއިން ބުނެފައިވަނީ މަސައްކަތް ކުރަނީ ވީހާވެސް އަވަހަކަށް މި މައްސަލަ ހައްލުކުރުމަށް ކަމަށެވެ. އަދި ދިމާވާ ދަތިތަކަށް މާފަށް އެދިފައިވެ އެވެ.

ބީއެމްއެލްއިން ބުނީ ކާޑުގެ ހިދުމަތްތަކަށް ބުރޫ އަރާފައި ވަނީ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށާއި އެކަން ހައްލު ކުރުމަށް އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް