ads
އީޔޫ އަދި އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންސަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން) ގެ އޮފިޝަލުނާއި އެކު ބެއްވި މަޝްވަރާތަކުގެ ތެރެއިން
ތިމާވެށި ހިމާޔަތްކުރަން ރާއްޖެއަށް 6.5 މިލިއަން ޔޫރޯ
ރާއްޖޭގެ ތިމާވެށީ ހިމާޔަތްކުރުމުގެ މަސައްކަތް ކުރަން ޔޫރަޕިއަން ޔޫނިއަން (އީޔޫ) ރާއްޖެއަށް 6.5 މިލިއަން ޔޫރޯ (އެއް ބިލިއަން ރުފިޔާ) ދިނުމަށް މަޝްވަރާތައް ފަށައިފިއެވެ.
Advertisement

އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ މި މަޝްވަރާތަކުގައި ބައިވެރިވީ އެ މިނިސްޓްރީގެ އޮފިޝަލުންނާއި އީޔޫ އަދި އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންސަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން) ގެ އޮފިޝަލުންކަމަށެވެ. 

މި މަޝްވަރާތަކުގައި ވާހަކަ ދެކެވުނީ ބަޔޯޑައިވާސިޓީ އަދި ކުނި މެނޭޖުކުރުމާއި ހިމާޔަތް ކުރެވިފައިވާ ސަރަހައްދުތައް ބެލެހެއްޓުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުންކަމަށް އެނަވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ. 


ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމާ ގުޅޭ އެއްބަސްވުމެއްގައި ޗައިނާގެ ޓިޔަންޔިން އިންކް (ސީއެންޓީވައި) އާއެކު ދިވެހި ސަރުކާރުން ވަނީ ސޮއިކޮށްފައެވެ.  

ޗައިނާގެ ކުންފުންޏަކާއެކު ވެވުނު މި އެއްބަސްވުމުގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކާއި، ފެނާއި ނަރުދަމާ، ހަކަތަ އަދި ތިމާވެށި ހިމާޔަތްކުރުމުގެ އިތުރުން ލޯ ކާބަން އަބަން ޑިވެލޮމަންޓްގެ ދާއިރާތަކަށް މަސައްކަތްކުރާނެ އެވެ. އަދި ސީއެންޓީވައިއިން، އެ ކުންފުނީގެ ސިނާއީ އަދި ޓެކްނޮލޮޖީ ގާބިލުކަން ދިވެހިރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ ކުރިއެރުމަށް އެހީތެރިވެ ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް