ފެބްރުއަރީ 6 ވަނަ ދުވަހު ސްޓެލްކޯ ކައުންޓަރުތައް ބަންދުވާނެ
ގުފްތަގް އަޖީރު
05 ފެބްރުއަރީ 2025 - 17:23:40
ފެބްރުއަރީ 6 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވާތީ، އެދުވަހު ސްޓެލްކޯގެ ހުރިހާ ކައުންޓަރުތަކެއް ބަންދުކުރާނެ ކަމަށް ސްޓެލްކޯއިން މިއަދު އިއުލާނުކޮށްފިއެވެ.
ކައުންޓަރުތައް ބަންދުވި ނަމަވެސް ކަސްޓަމަރުންނަށް ބައެއް ހިދުމަތް ލިބޭނެ އިންތިޒާމު ސްޓެލްކޯއިން ވަނީ ހަމަޖައްސާފައެވެ. މިގޮތުން ކަސްޓަމަރުންނަށް ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރު ނަންބަރު 1545 އަށް ގުޅައިގެން ހިދުމަތް ހޯދިދާނެއެވެ. އަދި ކުއްލި ހާލަތްތަކުގައި އިމަރޖެންސީ ހޮޓްލައިން 104 އަށް ގުޅުމަށް ސްޓެލްކޯއިން އަންގާފައިވެއެވެ.
ސްޓެލްކޯގެ ކައުންޓަރު ހިދުމަތްތައް އަލުން ފެށޭނީ ފެބްރުއަރީ 8 ވާ ހޮނިހިރު ދުވަހުއެވެ. އެދުވަހުން ފެށިގެން އާންމު ގަޑިތަކުގައި ހިދުމަތްތައް ކުރިއަށް ގެންދާނެ ކަމަށް ސްޓެލްކޯއިން މައުލޫމާތު ދީފައިވެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް