ads
އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގައި އިހްސާން ވާހަކަ ދައްކަވަނީ
ރާާއްޖޭގައި މަރުގެ އަދަބު އުވައެއް ނުލެވޭނެ: އިހްސާން
މަރުގެ އަދަބު އުވާލުމަކީ އިސްލާމީ ޝަރީއަތާއި ގާނޫނު އަސާސީއާ ހިލާފުކަމެއް ކަމުން ރާއްޖޭގައި މަރުގެ އަދަބު އުވާނުލެވޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން، އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގައި ވިދާޅުވެއްޖެއެވެ.
Advertisement

އިހްސާން މިހެން ވިދާޅުވީ އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގައި، އިންސާނީ ހައްގުތަކާބެހޭ ޔުނިވާސަލް ޕީރިއަޑިކް ރިވިއު ހާމަކުރުމަށް ސްވިޓްޒަލޭންޑްގެ ޖެނީވާގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. 

އިހުސާން ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީގެ މައިގަނޑު މަސްދަރަކީ އިސްލާމީ ޝަރީއަތް ކަމަށެވެ. އަދި ރާއްޖޭގައި މަރުގެ ހުކުމް އިއްވަނީ ގާނޫނު އާސާސީގެ ދަށުން ހެދިފައިވާ ގާނޫނުތަކުންކަމަށް ވުމުން ރާއްޖޭގައި މަރުގެ އަދަބު އުވާލުމަކީ ވާނެކަމެއް ނޫންކަމަށެވެ. 

އިހްސާން ވިދާޅުވީ ރާއްޖޭޭގައި މަރުގެ ހުކުމް އިއްވަނީ ޝައްކެތް ނެތް މިން ވަރަށް ކުށް ސާބިތުވުމުންކަމަށެވެ. އަދި މަރުގެ އަދަބު އިއްވަނީ ވަރަށް މަދު ކުށްތަކެެއްގައިކަންވެސް އިހްސާން ފާހަގަކުރެއްވިއެވެ. 

" ރާއްޖޭގެ ގާނޫނުތަކުގައިވާ ގޮތުން މީހަކަށް މަރުގެ ހުކުމް އިއްވޭނީވެސް ވަރަށް މަދު ހާލަތެއްގައި. މިއީ ރައްޔިތުން ބޭނުންވާ ގޮތަށް ހެދިފައި ހުރި ގާނޫނުތަކެއް. އެހެންވެ، މަރުގެ އަދަބު ދިނުން އުވާލުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް،" އިހްސާން ވިދާޅުވިއެވެ.

މަރުގެ އަދަބުގެ ވާހަކަ ދައްކަވަމުން އިހްސާން ވިދާޅުވީ މަރުގެ ހުކުމް އިއްވާފައިވާ 16 މީހަކު މިހާރުވެސް އެބަތިބި ކަމަށާއި އެހެންނަމަވެސް 1954 ވަނަ އަހަރުގެ ފަހުން ރާއްޖޭގައި އަދި މިހާތަނަށް މަރުގެ ހުކުމް ތަންފީޒުކޮށްފައި ނުވާ ކަމަށެވެ. \

ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބެއް ދިނީ ރައީސް މުހައްމަދު އަމީންގެ ވެރިކަމުގައެވެ. އެއީ އޭރުގެ ގއ. އަތޮޅުގެ އަތޮޅުވެރިޔާއަށް ވިހައެއް ދީގެން މަރާލި މައްސަލާގައި ކުށް ސާބިތުވި މީހެއްގެ މައްޗަށެވެ. 1954 ވަނަ އަހަރު އެމީހާގެ މައްޗަށް އިއްވި މަރުގެ އަދަބު ތަންފީޒުކުރީ އޭނާގެ ބޮލަށް ބަޑި ޖަހާ މަރާލައިގެންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް