ads
ރިސޯޓުތަކުން ކުނި އުކާލުމުގެ ހިދުމަތް ވެމްކޯއިން ފެށުން
ރިސޯޓުތަކުން ކުނި އުކާލުމުގެ ހިދުމަތް ވެމްކޯއިން ފަށައިފި
ވެމްކޯގެ ކުނި އުކާލުމުގެ ހިދުމަތް ރިސޯޓްތަކަށް ދިނުމަށް، އެމަސައްކަތުގެ ޕައިލެޓް ޕްރޮޖެކްޓު މިއަދު ފަށައިފި އެވެ.
Advertisement

މާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންގައި ބޭއްވި ރަސްމިއްޔާތުގައި މި ހިދުމަތް ފެށުމުގެ ގޮތުން ވެމްކޯއާއެކު ކޮރާ ކޮރާ މޯލްޑިވްސް ރިސޯޓުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ވެމްކޯ އިން ބުނީ ރިސޯޓް ކަލެކްޝަންގެ ހިދުމަތް ވެމްކޯ އިން ފެށީ ރިސޯޓްތަކުން، ވެމްކޯގެ ސަރަޙައްދީ ޓްރާންސްފާ ސްޓޭޝަންތަކަށް ކުނި ގެންދިޔުމުގައި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭތީ، މި މައްސަލަ ހައްލުކުރުމުގެ ގޮތުން ކަމަށެވެ. މި ޙިދުމަތަށް ރަޖިސްޓްރީކުރާ ހުރިހާ ރިސޯޓްތަކަށްވެސް ވެމްކޯގެ އުޅަނދުތަކުގައި ކުނި ނަގައިދޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވީ މިހާތަނަށް އައިރު، ރިސޯޓުތަކުން ކުނި އުކަނީ އަމިއްލަ ފަރާތްތަކާ ހަވާލުކޮށްގެން ކަމަށެވެ. އަދި މިއީ ދެމެހެއްޓެނިވި ގޮތެއްގައި ރިސޯޓުތަކުން އުފައްދާ ކުނި މެނޭޖްކުރަން އެންމެ ރަނގަޅު ގޮތް ނޫންކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ވެމްކޯއިން ކުނި އުކައިދެނީ މިޚިދުމަތުގައި ރަޖިސްޓްރީވާ ރިސޯޓުތަކަށް އެކަންޏެވެ. މިނިސްޓަރު ވަނީ ހުރިހާ ރިސޯޓުތަކުންވެސް ވެމްކޯގެ ކުނި އުކައިދިނުމުގެ ހިދުމަތުގައި ބައިވެރިވުމަށް އެދިވަޑައިގެންފަ އެވެ.

"އަމިއްލައަށް އިސްނަގައިގެން ހުރިހާ ރިސޯޓުތަކުން ވެސް ވެމްކޯގެ ހިދުމަތުގައި ބައިވެރިވާށޭ އަޅުގަނޑު ދަންނަވާނީ. ރާއްޖެ ރީތިކޮށް ބާއްވާ، ޓޫރިޒަމް ސެކްޓަރގައި މަސައްކަތްކުރާ ރިސޯޓުތަކަކީ ސާފު ރީތި ތަނަކަށް ހަދަންޖެހޭ." މިނިސްޓަރު ވިދާޅުވި އެވެ.

އެންވައިރުމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް މީގެ ކުރިން ވިދާޅުވެފައިވަނީ ބައެއް ރިސޯޓްތަކުން ކުނި މެނޭޖުކުރުމުގެ ކަންކަން އެންމެ ރަނގަޅަށް ތަންފީޒުކުރަމުން ނުދާކަމަށާއި މި މައްސަލަ ބޮޑަށް ކުރިމަތިވަނީ ރިސޯޓްތަކުން ކުނި އުކާލަން ހަވާލުކުރާ ކޮންޓްރެކްޓަރު، މޫދަށް ކުނި އެޅުން ނުވަތަ ޓްރާންސްފަރ ސްޓޭޝަނާ ހަމައަށް އެކަށީގެންވާ ގޮތުގައި އެ ކުނިތައް ނުގެންދާތީ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް