ads
ބްރިޖް ހައިވޭގައި ހުންނަ ސޯލާ ޕެނަލްތަކުގައި ޖެހި، ކާރެއް އެކްސިޑެންޓުވެފައި
ހައިވޭގައި ހުރި ސޯލާ ޕެނަލްތަކުގައި ކާރަކުން ޖެހި، އެކްސިޑެންޓުވެއްޖެ
މާލެއިން ހުޅުމާލެއަށް ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި ގޮސް މާލެ-ހުޅުމާލެ ހައިވޭގެ ޖަހާފައިވާ ސޯލާ ޕެނަލްތަކުގައި ޖެހި އެކްސިޑެންޓެއް މިއަދު ހެނދުނު ހިނގައިފި އެވެ.

ފުލުހުން ބުނީ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއާއި ވީޑިއޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓުގައި ކާރުގެ އިތުރުން ސޯލާ ޕެނަލްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެެފަ އެވެ.

އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

މީގެ ކުރިން ވެސް މިފަދަ ހާދިސާތައް ހިނގާފައިވެއެވެ. އެފަދަ އެއް ހާދިސާގައި ސޯލާ ޕެނަލްތަކަށް ދެ ލައްކަ ރުފިޔާގެ ގެއްލުން ވެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް