ads
މިރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ ބޯޑު މެންބަރުން ބައިވެރިވަނީ.
އެސްޓީއޯގެ ހިއްސާއަކަށް 80ރ. ބަހަން ހިއްސާދާރުން ނިންމައިފި
އެސްޓީއޯގެ ހިއްސާއަކަށް 80ރ. ބަހަން ހިއްސާދާރުން ނިންމައިފި އެވެ.

މިގޮތަށް މިރޭ ނިންމީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީޕްލޭން ޓާމިނަލް ގައި އޮތް އެސްޓީއޯގެ 2023 ވަނަ އަހަރުގެ އާންމު ޖަލްސާގަ އެވެ. މި ހުށަހެޅުމަކީ ޑިރެކްޓަރުންގެ ބޯޑުގެ ހުށަހެޅުމެއް ކަމަށްވާއިރު މިއީ ފާއިތުވެދިޔަ 17 އަހަރުގެ ތެރޭ އެސްޓީއޯގެ ހިއްސާގެ ފައިދާއަށް ބަހާ އެންމެ ބޮޑު އަދަދެވެ.

ފައިދާ ބެހުމަށް ފާސްކުރުމުގެ އިތުރުން، އާންމު ހިއްސާދާރުންގެ ތެރެއިން މުހައްމަދު އަހުސަން ސަލީމް ކަނޑައަޅަން ވެސް ފާސްކުރި އެވެ. އަދި އެސްޓީއޯ އޮޑިޓްކުރާ ކުންފުންޏަކަށް މި އަހަރު ހަމަޖެއްސީ ޑެލޮއިޓް އެވެ. މިޖަލްސާގައި އެސްޓީއޯގެ 189 ހިއްސާދާރަކު ބައިވެރިވި އެވެ. 

your imageމިރޭ އޮތް އަހަރީ އާންމު ޖަލްސާ: މިޖަލްސާގައި އެސްޓީއޯގެ 189 ހިއްސާދާރަކު ބައިވެރިވި 

ޓެކްސްއަށް ކެނޑުމަށްފަހު 2023 ވަނަ އަހަރަށް ސާފު ފައިދާގެ ގޮތުގައި 818 މިލިއަން ރުފިޔާ އެސްޓީއޯއިން ވަނީ ރެކޯޑު ކޮށްފަ އެވެ. މިއީ އެ ކުންފުނީގެ ތާރީހިގައިވެސް ރެކޯޑް އަދަދެކެވެ.

އެސްޓީއޯގެ ޖުމްލަ ފައިދާ އިތުރުވުމާއެކު ހިންގުމުގެ ފައިދާވެސް މިދިޔަ އަހަރު ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރު ހިންގުމުގެ ފައިދާގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ އެސްޓީއޯ އިން ހާސިލުކޮށްފައިވެ އެވެ. 2022 ވަނަ އަހަރު ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވަނީ އެއް ބިލިއަން ރުފިޔާ އެވެ.

އެސްޓީއޯ އަށް މިދިޔަ އަހަރު ލިބުނު ސާފު ފައިދާ އަކީ 819 މިލިއަން ރުފިޔާ އެވެ. މިއީ 2022 ވަނަ އަހަރު ލިބުނު ސާފު ފައިދާއާ އަޅާބަލާއިރު 10 ޕަސެންޓު އިތުރު އަދަދެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް