ads
އެސްޓީއޯއިން ހުޅުމާލޭގައި ހަދާފައިވާ ހޮޓާ: - ފޮޓޯ:އަވަސް
އެސްޓީއޯއިން އަޅަން ފަށާއިފައިވާ ސިޓީ ހޮޓާ ދޫކޮށްލަނީ
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އެސްޓީއޯ އިން ތަރައްގީ ކުރަން ފަށާފައިވާ ހޮޓާ ހިންގަން ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ، އެތަން ދޫކޮށްލަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެސްޓީއޯއިން މިކަން ހާމަކޮށްފައިވަނީ އެކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރެއް ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ރޭ ވިދާޅުވީ، އިތުރު އެސެޓްތައް ގަތުމާއިއެކު އެސްޓީއޯއާ ނުގުޅޭ ބައެއް ވިޔަފާރިތައް ދޫކޮށްލުމަކީ މުހިންމު ކަމެއް ކަމަށާއި، އެގޮތުން މިފްކޯގައި އޮތް އެސްޓީއޯގެ ހިއްސާ ސަރުކާރަށް ދޫކޮށްލާފައިވާ ކަމަށެވެ.

އޭގެ އިތުރުން، އެސްޓީއޯއިން ހުޅުމާލޭގައި ހަދަން ފަށާފައިވާ ހޮޓާ ދޫކޮށްލަން ނިންމައި ހޮޓަލާއި ގުޅިގެން އެޗްޑީސީއާއެކު ވެސް މަޝްވަރާތައް ކުރިއަށްދާ ކަމަށްވެސް ޝިމާދުވަނީ ވިދާޅުވެފަ އެވެ.

މި ހޮޓަލުގެ ބަދަލުގައި އެޗްޑީސީ އިން ދެ ބިމެއް ދޭން ނިންމާފައިވާ ކަމަށް އެސްޓީއޯގެ ކުރީގެ ވެރިން ވަނީ އެސްޓީއޯގެ އަހަރީ އާންމު ޖަލްސާއެއްގައި ވިދާޅުވެފަ އެވެ. ނަމަވެސް ސަރުކާރު ނިމުނު އިރު ވެސް އެ ހޮޓަލުގެ ސެޓްލްމަންޓް އެގްރީމެންޓަކާ މެދު އެޗްޑީސީ/އެސްޓީއޯގެ ރަސްމީ ނިންމުން ހާމަކޮށްފައެއް ނުވެ އެވެ.

"އެސްޓީއޯ ހޮޓާ މައްސަލައަށް އަދިވެސް ދާއިމީ ހައްލެއް ހޯދިފައެއް ނެތް. އެޗް.ޑީ.ސީއާއެކު އެކަމުގެ އެންމެ ފަހުގެ މަރުހަލާގެ މަޝްވަރާތައް ކުރަމުން މިދަނީ" ޝިމާދު ވިދާޅުވި އެވެ.

ހުޅުމާލޭގައި އެސްޓީއޯއިން ހޮޓަލެއް ހެދުމުގެ މަސައްކަތް ފެށީ އެމެރިކާގެ ކާލްސަން ހޮޓެލް ގްރޫޕާ އެކު 2008 ވަނަ އަހަރު އެވެ. އެ ހޮޓަލުގެ އަމަލީ މަސައްކަތް ފެށީ 2012 ވަނަ އަހަރު އެވެ. ހޮޓާ އެޅުމަށް ގާތްގަނޑަކަށް 115 މިލިއަން ރުފިޔާ ހަރަދު ކުރި ނަމަވެސް އެ މަސައްކަތް ފަހުން ވަނީ ހުއްޓިފަ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުންޏަށް ހަދަންފެށި ސިޓީ ހޮޓަލުގައި އެކި ފަންތީގެ 250 ކޮޓަރި ހިމެނެ އެވެ. އޭގެ އިތުރުން ރެސްޓޯރަންޓުތަކާއި އިވެންޓް ހޯލް އަދި ޝޮޕިން ސަރަހައްދެއް ވެސް ހިމެނެ އެވެ.

ސިޓީ ހޮޓަލުގައި ނުނިމި ހުރީ ފިނިޝިންގެ މަސައްކަތެވެ. ރާނައި ސިމެންތި ޖަހައި ސްޓްރަކްޗާގެ ހުރިހާ މަސައްކަތެއް ވަނީ ނިމިފަ އެވެ. އަދި އެސްޓީއޯ އިން މިވަގުތު އެތަން ބޭނުން ކުރަނީ ބައެއް މުދާ ބެހެއްޓުމަށެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް