ads
ޓްރަމްޕަށް ހަމަލާދިން މީހާ ހުރި ތަނާއި ޓްރަމްޕު ސްޓޭޖް ހުރި ތަން
ޓްރަމްޕަށް ހަމަލާ ދިން ޒުވާނާ މަރާލައިފި
އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެ ގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ހަމަލާ ދިން ޒުވާނާ އެމެރިކާގެ ސީކްރެޓް ސާވިސްއިން މަރާލައިފި އެވެ.
Advertisement

އެ ހަމަލާއާ ގުޅިގެން އެމެރިކާގެ ސީކްރެޓް ސާވިސްއިން ނެރުނު ބަޔާނެއްގައިވާ ގޮތުން، ޕެންސިލްވޭނިއާ ސްޓޭޓުގެ ބަޓްލާގައި އޮތް ކެމްޕެއިން ހަރަކާތެއްގައި ޓްރަމްޕަށް ހަމަލާދިނީ އެ ސްޓޭޓަށް ނިސްބަތްވާ، ތޯމަސް މެތިއު ކްރުކްސް ކިޔާ މީހެކެވެ.

އަދި ބުނީ ބަޑި ޖެހި 20 އަހަރުގެ ޒުވާން ސީކްރެކްޓް ސާވިސްގެ މެންބަރަކު ދިން ހަމަލާގައި ވަގުތުން މަރާލި ކަމަށާއި ހާދިސާގައި އެއްވުމުން އެކަކު މަރުވެ، އެކަކު ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށެވެ.

ރާއްޖެ ގަޑިން ފަތިހު 4:00 ހާއިރު ހިނގި އެ ހާދިސާގައި ޓްރަމްޕުގެ ކަނާއަތު ކަންފަތަށް ވަޒަނެއް އެރި އެވެ. ބަޑި ޖެހި އިރު ޓްރަމްޕު ހުންނެވީ ޕޯޑިއަމުގައި ވާހަކަ ދައްކަވާށެވެ. ބަޑީގެ އަޑު އިވުމާއެކު ޓްރަމްޕު ޕޯޑިއަމް ކައިރިއަށް ތިރިވި އެވެ. އަދި ތެދުވެވަޑައިގެންނެވިއިރު ކަންފަތުން ލޭ އާދެ އެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު މިހާ ކައިރިވެފައި ވަނިކޮށް ޑޮނަލްޑް ޓްރަމްޕަށް ދިން ހަމަލާއާއެކު، އެ ގައުމުގެ ސެކިއުރިޓީއާ މެދު ސުވާލު އުފައްދަން ފަށައިފި އެވެ. މި ހަމަލާ މިހާރު އެފްބިއައި އިން ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރަން ފަށާފައިވާ އިރު، އެ ހަމަލާ އެމެރިކާގެ ސިޔާސީ ދާއިރާގެ ވަރަށް ގިނަ ބަޔަކު ކުށްވެރިކޮށްފައިވެ އެވެ. އޭގެ ތެރޭގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް ޖޯ ބައިޑެންގެ އިތުރުން ނައިބު ރައީސްސް ކަމާލާ ހެރިސް ހިމެނިވަޑައިގަނެ އެވެ.

މި ހަމަލާއާ ގުޅިގެން އެމެރިކާގެ ގާނޫނު ހަދާ މަޖިލިސްކަމަށްވާ ކޮންގުރެސްގެ ތިރިގެ ހައުސް އޮފް ރިޕްރެޒެންޓޭޓިވްސްއިން ހާއްސަ ތަހުގީގެއް ވަރަށް އަވަހަށް ފަށާނެކަން ހައުސްގެ ރައީސް މައިކް ޖޯންސަން އިއުލާނު ކުރައްވާފައިވެ އެވެ. 

އޭނާ ވިދާޅުވީ އެ ތަހުގީގަށް ސީކްރެޓް ސާވިސްގެ ޑިރެކްޓާ ކިމްބާލީ ޗީޓްލްއާއި އެފްބީއައިގެ މަސްއޫލުވެރިންނާއި ޑިޕާޓުމެންޓު އޮފް ހޯމްލޭންޑް ސެކިއުރިޓީގެ އިސްވެރިން ހާޒިރު ކުރާނެ ކަމަށެވެ. 

ޓްރަމްޕް އެމެރިކާވެ ރައީސްކަން ކުރެއްވީ 2016-2020 އަށް އެވެ. މި އަހަރުގެ ނޮވެމްބަރުގައި ބާއްވާ އިންތިހާބަކީ އޭނަ ރައީސް ކަމަށް ވާދަކުރައްވާ ތިން ވަނަ އިންތިހާބެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް