ads
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގި އޮޕަރޭޝަނެއްގެ ތެރެއިން
ވާކްފާމިޓުން ލިބެންޖެހޭ 1.7 ބިލިއަނުން ލިބުނީ 74 މިލިއަން
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ގެނެސް ދައުލަތަށް ލިބެންޖެހޭ 1.7 ބިލިއަން ރުފިޔާއިން މިހާތަނަށް ލިބުނީ 74 މިލިއަންކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ގެނެސް ދައުލަތަށް ލިބެންޖެހޭ 1.7 ބިލިއަން ރުފިޔާ ނުލިބި އޮތްކަން ހޯމް މިނިސްޓްރީން ހާމަކުރީ މިދިޔަ މަހުގެ ހަތަރުވަނަ ދުވަހުއެވެ.  

މިނިސްޓްރީން އޭރު ބުނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ގެންނަން 10،619 (ދިހަ ހާސް ހަސަތޭކަ ނަވާރަ) ފަރާތަކުން ރަޖިސްޓްރީ ކޮށްފައިވާކަމަށެވެ. އަދި މި ފަރާތްތަކުގައި ރަޖިސްޓްރީކޮށްގެން 102،807 (އެއްލައްކަ ދެހާސް އަށްސަތޭކަ ހަތެއް) ބިދޭސީ މަސައްކަތްތެރީން ރާއްޖެ އެތެރެވެފައިވާކަމަށެވެ. 

މި އެންމެންގެ ފީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭކަމަށް ބެލެވޭ -/1،765،704،400ރ (އެއް ބިލިއަން ހަތްސަތޭކަ ފަސްދޮޅަސް ފަސް މިލިއަން ހަތްލައްކަ ހަތަރުހާސް ހަތަރުސަތޭކަ) ރުފިޔާ ވަޒީފާދޭ ފަރާތްތަކުން ދައުލަތަށް ނުދައްކާ ހުރިކަމަށް އޭރު މިނިސްޓްރީން ބުނިއެވެ. އަދި އެ ފައިސާ ޖޫން 18 ކުރިން ދެއްކުމަށްް މިނިސްޓްރީން ވަނީ އަންގާފައެވެ. 

މިއަދޫ ނޫސްވެރިންނަށް މައުލާމާތު ދެއްވަމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަޖީދު ވިދާޅުވީ ވޯކްފާމިޓްގެ ގޮތުގައި ނުލިބި އޮތް 1.7 ބިލިއަނުން މިހާތަނަށް ދައުލަތުން ލިބުނީ 74 މިލިއަން ކަމަށެވެ. 

ހޯމް މިނިސްޓްރީން ކުރިން ބުނެފައިވަނީ ޖޫން 18ގެ ކުރިން ފީތަކާއި ޖޫރިމަނާތައް ނުދައްކާ ފަރާތްތައް އާންމުކޮށް އިޢުލާނު ކުރާނެކަށެވެ. އަދި އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެފަރާތްތައް ސަސްޕެންޑްކޮށް އައު ހުއްދަތައް ދޫކުރުން މެދުކަނޑާލާނެކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ. އެކަން ކުރިކަމެއް އަދި މިނިސްޓްރީއަކުން ނުބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް