ads
ފައްޔާޒާއި އަބްދުއްރަހީމް ބައްދަލުކުރެއްވުމުގެ ތެރެއިން
ފައްޔާޒް، އަބްދުއްރަހީމް އަރިހަށް، މައިނޯރިޓީއަށް ފުރުސަތުދެއްވާ
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް، ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޢަބްދުالله އާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު މަޖިލީހުގެ އިދާރާގައެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވަނީ މަޖިލީހުގައި މައިނޯރިޓީ ޕާޓީގެ ހައްގުތައް ހިމާޔަތްކޮށްދިނުމަށް އެދިވަޑައިގެންފައެވެ. އަދި މައިނޯރިޓީއަށް  ވީހާވެސް ފުޅާކޮށް މަސައްކަތް ކުރުމުގެ ފުރުސަތު ކަށަވަރުކޮށްދިނުމަށްވެސް ފައްޔާޒު ވަނީ އެދިވަޑައިގެންގައެވެ. 

ފައްޔާޒުގެ ވާހަކައިގައި، މަޖިލީހުގެ މަސައްކަތް ކުރިއަށްދާއިރު 18 ވަނަ މަޖިލީހުގައި ކަންކަން ހިނގައިދިޔަ ގޮތަށް ފުރުސަތު ނުދެއްވުމަށް އެމްޑީޕީގެ ފަރާތުން ފައްޔާޒު ވަނީ އިލްތިމާސްކުރައްވާފައެވެ. 

ފައްޔާޒު މި ގޮތަށް އެދިވަޑައިގެންފައި މިވަނީ މަޖިލީހަށް ކުއްލި މައްސަލަ އެމްޑީޕީން ހުށައަލާތީ ފަސޭހައިން ކުއްލި މައްސަލަ ހުށަނޭޅޭ ގޮތް ހެދުމަށް ސަރުކާރު މެމްބަރު ގޮވާލާފައި ވަނިކޮށެވެ. 

މަޖިލީހުގެ ރައީސްގެ އިތުރުން މި ބައްދުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

20 ވަނަ ރައްޔިތުން މަޖިލީހުގައި އިދިކޮޅު އެމްޑިޕީއަށް ލިބިފައިވަނީ އެންމެ 12 ގޮނޑިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް