ads
އިމިގްރޭޝަނުން މިރޭ ބަލާ ފާސްކުރި ތަނެއް. 6 ބިދޭސީން ވަނީ ހައްޔަރުކޮށްފައި
ކާބޯތަކެތި ޑެލިވަރީ ކުރާތަނެއް ބަލާ، 6 މީހުން ބަންދަށް
ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްދާ އޮޕަރޭޝަންގައި މިރޭވެސް ބަޔަކު ހައްޔަރުކޮށްްފިއެވެ.

އިމިގްރޭޝަނުން ބުނީ މާލޭގައި ޓޭކްއަވޭ/ކެފޭ ހިންގަމުންދާ 3 ތަނަކާއި 2 ފިހާރަ މިރޭ ބަލާ ފާސްކޮށްފައިވާކަމަށެވެ. އަދި މީގެއިތުރުން ކާބޯތަކެތި ޑެލިވަރީ ކުރަމުންދާ ތަނަކާއި ފިހާރައެއްވެސް މިރޭ ބަލާ ފާސްކުރިކަމަށް އެ އިދާރާއިން ބުނެއެވެ. 

މިރޭގެ ހިންގި އޮޕަރޭޝަންގައި ބިދޭސީ 6 ފިރިހެނުން އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސް، ބިދޭސީން ވިޔަފާރި ކުރަމުންދިޔަ 2 ފިހާރައެއް ބަންދުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. 

your imageއިމިގްރޭޝަނުން މިރޭ ބަލާ ފާސްކުރި ތަނެއް. 6 ބިދޭސީން ވަނީ ހައްޔަރުކޮށްފައި 

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށް ހިންގާ އޮޕަރޭޝަންގައި މިހާތަނަށް 120 ބިދޭސީން އަތުލައިގަނެފައިވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އަދި މިހާރު ކުރިޔަށް ދަނީ މި އެންމެން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކަމަށާއި އެ މީހުންގެ ލިޔެކިޔުންތައް ފުރިހަމަ ކުރަމުން އަންނަކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. 

ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ 2013 ބިދޭސީއަކު، މިސަރުކާރު ހަވާލުވިފަހުން މިހާތަނަށް، ރާއްޖެ ނާދެވޭނެހެން ޑީޕޯޓްކޮށްލާފައިވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް