ads
އިލެކްޝަން ކޮމިޝަންގެ ކުރީގެ ނާއިބު ރައީސް އިސްމާއިލް ހަބީބު. ފޮޓޯ: މިހާރު
ހަބީބު އެޗްއާރްސީއެމް އަށް އައްޔަންކުރަން ރައީސް މަޖިލީހަށް ނަން ފޮނުވައިފި
އިލެކްޝަން ކޮމިޝަންގެ ކުރީގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި އިސްމާއިލް ހަބީބް ހިއުމަން ރައިޓް ކޮމިޝަނަށް އައްޔަންކުރަން އޭނާގެ ނަން ރައްޔިތުން މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުވައިފި އެވެ.
Advertisement

އިލެކްޝަން ކޮމިޝަންގައި ދެ ދައުރު ހަމަވެގެން ކޮމިޝަނުން ހަބީބު ވަކިވެޑައިގަތީ މިއަހަރުގެ މާރިޗު މަހުގެ 13 ވަނަދުވަހު އެވެ.

އެޗްއާރުސީއެމްގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ހަބީބު ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރައްޔިތުން މަޖިލީހަށް ފޮނުވާފައެވެ. އަދި ހަބީބު އާއި މެދު ގޮތެއް ނިންމާދިނުމަށް ވަނީ އެދިވަޑައިގެންފަ އެވެ. 

ހަބީބުގެ ނަން ދިރާސާކުރުމަށް ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީއަށް ފޮނުވުމަށް ރިޔާސަތުން ވަނީ ނިންމާފައެވެ. 

އިލެކްޝަންސް ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި ހަބީބު އެ ކޮމިޝަނަށް ފުރަތަމަ އައްޔަންކުރީ ރައީސް ޔާމިންގެ ވެރިކަމުގައި 13 މާރިޗު 2014 ގައެވެ. ދެވަނަ ދައުރަކަށް މެމްބަރެއްގެ ގޮތުގައި ހަބީބް ކޮމިޝަނަށް އައްޔަންކުރެއްވީ މިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަމުގައި 13 މާރިޗު 2019 ގައެވެ. ކޮމިޝަންގެ ނައިބު ރައީސްކަމުގެ މަގާމަށް ހަބީބު އައްޔަންކޮށްފައިވަނީ 25 ޖެނުއަރީ 2021 ގައެވެ.   

ހަބީބް އިލެކްޝަން ކޮމިޝަންގެ މަސައްކަތާއި ގުޅިވަޑައިގަތީ މީގެ 21 އަހަރު ކުރިންނެވެ. ފުރަތަމަ މަސައްކަތް ކުރެއްވީ އިންތިހާބާއި ގުޅޭ އިދާރީ މަސައްކަތްތަކުގެ ތެރޭގައެވެ. އިންތިހާބާއި ބެހޭ ގާނޫނީ ބައެއް މަސައްކަތްތަކާއި އާއްމު އިންތިހާބުތައް ރާވައި ހިންގުމުގައި އިންތިހާބުތަކާއި ބެހޭ އޮފީހުގެ މުވައްޒަފެއްގެ ހައިސިއްޔަތުންވެސް ހަބީބު ވަނީ މަސައްކަތް ކުރައްވާފައެވެ. 

ގާނޫނީ ފަންނުގެ ދައިރާގެ އިތުރުން ތައުލީމީ ދާއިރާގައިވެސް މަސައްކަތް ކުރެއްވި އިސްމާއިލް ހަބީބް ވަނީ ނޫސްވެރިއެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައެވެ. އެގޮތުން 1978 ވަނަ އަހަރު ރާއްޖޭގައި ޝާއިއުކުރަން ފެށިި "ޖަމާއަތުގެ ހަބަރު" މަޖައްލާގައިވެސް ހަބީބް ވަނީ މުހިއްމު ދައުރެއް އަދާ ކުރައްވާފައެވެ.

އެޗްއާރްސީއެމްގައި މިހާރު ތިއްބެވި ހަތަރު މެންބަރުންނަކީ ކޮމިޝަންގެ ރައީސް މަރިޔަމް މުނާ އާއި، ކޮމިޝަންގެ މެންބަރުން ކަަމަށްވާ މުއުމިނާ ވަހީދު އާއި، އާމިނަތު ޝިފާއަތު އަބްދުއްރައްޒާގުގެ އިތުރުން ސަމާއު އަހްމަދު ނަޖީބެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް