ads
ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް ޔޫސުފް މާނިއު މުހައްމަދު
ރާއްޖެ އަންނަ އުޅަނދު ބަލަން ކަސްޓަމްސްއަށް ޑްރޯން ގެންނަނީ
ރާއްޖޭގެ ބޯޑަރުން ވަންނަ އުޅަނދުތައް ބަލާ މޮނީޓަރުކުރަން މޯލްޑިވްސް ކަސްޓަމް ސާވިސްއަށްް ޑްރޯންތަކެއް ގެންނަން ނިންމައިފިއެވެ.

ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހައްމަދު ވިދާޅުވީ ރާއްޖޭގެ ބޯޑަރު ބަލަހައްޓަން ބޭނުންވާ ވަސީލަތްތައް ކަސްޓަމްސްގައި ގާއިމުކޮށްފައި ނުވާކަމަށެވެ. 

އޭނާ ވިދާޅުވީ ކަސްޓަމްސްގެ ވަސީލަތްތައް ހުރި ގޮތުން ރާއްޖޭ ސަރަހައްދަށް އަންނަ އުޅަނދުފަހަރުތައް ބެލެން މި ވަގުތު އޮތީ އެތަކެއްޗަށް މީހުން ގޮސްގެންކަމަށެވެ. އެހެންކަމުން ޑްރޯން އެ އިދާރާއަށް ބޭނުންވާކަން ފާހަގަކުރައްވަމުން މާނިއު ވިދާޅުވީ އެ ކަން ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށާއި އެމެރިކާ އާއި ޗައިނާއިން ޑްރޯންތަކެއް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. 

މާނިއު ވިދާޅުވީ މިހާތަނަށް ބޯޑަރަށް ވަންނަ އުޅަނދުތައް މޮނީޓަރުކުރަމުން އައި އެމްއެންޑީއެފްގެ ބެލުމުގެ ދަށުންކަމަށެވެ. އަދި ކަސްޓަމްސްއަށް ޑްރޯން ގެނައިނަމަވެސް އެތަކެތިވެސް ބަލަހައްޓާނީ އެމްއެންޑީއެފުންކަމަށާއި އެކަން ކުރާނީ އެމްއެންޑީއެފްގައި އަލަށް އުފެއްދި އެއާކޯއާ އިންކަމަށްވެސް މާނިއު ވިދާޅުވިއެވެ. 

"އަޅުގަނޑުމެންނަށް ޑްރޯން ލިބުނަސް ދެބައި މީހުން އެއްކޮށް ބޭނުންކުރާ ގޮތަށް، އެމްއެންޑީއެފްގެ ބޭފުޅުންގެ ޑްރޯން ކުއަންޓިޓީ ބޮޑުވާ ގޮތަށް. އަދި ޖޮއިންޓް އޮޕަރޭޝަން ހިންގާ ގޮތަށް ކުރިޔަށް ގެންދާނީ،" މާނިއު ވިދާޅުވިއެވެ.

މާނިއު ވިދާޅުވީ ކަސްޓަމްސްއަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް ޖަޕާނު ސަރުކާރުގެ ފަރާތުން 85 ފޫޓުގެ އުޅަނދެއް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.  

ރާއްޖޭގެ ސަރަހައްދު ބެލުމަށްް ދައުލަތުން ހަރަދުކޮށްގެން މިހާރުވެސް ވަނީ ތުރުކީ ދެ ޑްރޯން ގެނެސްފައެވެ. މި ތަކެތިވެސް ބަލަހައްޓަމުން އަންނަނީ އެމްއެންޑީއެފުންނެވެ. އެހެންނަމަވެސް ރާއްޖޭގައި ޑްރޯން އޮވެ،  ދާދި ފަހުން ކަނޑުމަތިން ގެއްލުނު މީހަކު ހޯދުމަށާއި ސޯމާލިޔާ ބަޔަކު ބެހިގެން ރާއްޖޭގެ ރަށަކަށް، ސަލާމަތީ ބާރުތަކަށް ނޭގި ފޭބި މައްސަލާގައި ގިނަ ބައެއްގެ ފާޑުކިއުން ސަރުކާރަށް އަމާޒުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް