ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވާހަކަދައްކަވަމުން ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު ވިދާޅުވީ މި މައްސަލާގައި ހައްޔަރުކުރީ އެ އިދާރާގެސްކޭން ކުރާ މެޝިން ކައިރީ ހުރި ކަސްޓަމްސްގެ އޮފިސަރެއްކަމަށެވެ.
މާނިއު ވިދާޅުވީ ރާއްޖެއަށް މި ފަހުން ސިގިރޭޓް ކޮންޓެއިނަރެއްގެ އިތުރުން އެއާ ކާގޯ އިން އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިގިރޭޓް ހިފަހައްޓާފައިވާ ކަމަށެވެ. އެހެންނަމަވެސް އެކަމުގެ ފަހަތުގައި ވަނީ ކޮން ބައެއްތޯ ބެލުމަށް އެ ޝިޕްމެންޓުން ބައެއް ތެކތި ދޫކޮޮށްލާ އެކްނަ ކުރި ބަޔަކު ހޯދާ ފިޔަވަޅު އަޅާފައިވާކަމަށް ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސް މާނިއު ވިދާޅުވިއެވެ.
މި އޮޕަރޭޝަންގެ ތެރެއިން ވަގަށް ސިނގިރޭޓުތައް އެތެރެކުރުމުގައި ކަސްޓަމްސްގެ މުވައްޒަފުގެ ބައިވެރިވުން އޮތް ކަން ފާހަގަކުރެވުނުކަމަށްވެސް ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސް ވިދާޅުވިއެވެ.
އިތުުރަށް ކިޔާލުމަށް : ވަގަށް އެތެރެކުރި ގިނަ އަދެދެއްގެ ސިނގިރޭޓް އަތުލައިގެންފި
ވަގަށް ރާއްޖެ އެެތެރެކުރި ސިނގިރޭޓްގެ އަގު 1.6 މިލިއަން ރުފިޔާއަށްް އަރާއިރު މި ތަކެތީގެ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް 5.6 މިލިއަން ރުފިޔާ ދައްކަން ޖެހޭކަމަށްވެސް ކަސްޓަމްސް އިން ކުރިން ވަނީ ބުނެފައެވެ.