ads
މަސްތުވާތަކެތި
މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ ބިދޭސީން ހައްޔަރުކޮށްފި
މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ ބިދޭސީން ހައްޔަރުކޮށްފި އެވެ.

ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ދެ މީހުންނަކީ ބަންގްލަދޭޝް ދެ މީހުން ކަމަށް ފުލުހުން ބުންޏެވެ. 

މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މި ޖުލައި މަހުގެ 15 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި މާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 278 ރަބަރު ޕެކެޓާއި ޖޫސްޕެޓީ ސައިޒު ކޮތަޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. 

މި މައްސަލައާ ގުޅިގެން 22 އަހަރުގެ މީހަކާއި 33 އަހަރުގެ ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފައިވާއިރު ދެ މީހުންގެ ބަންދަށްވެސް 15 ދުވަސް ޖަހާފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް