ads
އޭސީސީން ބޭއްވި ބައްދަލުވުމެއް:
އޮއްވަޅު ޕޭޖު މައްސަލައިގައި ފިޔަވަޅު އެޅީ ގޯސްކޮށް
އޮއްވަޅު ކިޔާ ފޭސްބުކް ޕޭޖެއްގައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއާ ގުޅުވައިގެން މައުލޫމާތުތަކެއް އާންމުކުރި ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަންގެ މުވައްޒަފަކާ މެދު އެ ކޮމިޝަނުން ފިޔަވަޅު އެޅީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން ވެސް ހުކުމްކޮށްފި އެވެ.

މިއީ މެއި 2020 ގައި އޮއްވަޅު ކިޔާ ފޭސްބުކް ޕޭޖަކުން އަމީރުއާ ގުޅޭގޮތުން އާންމުކުރި ލިޔުންތަކަކާ އޭސީސީގެ މުވައްޒަފަކާ ގުޅުން އޮތް ކަމަށް ބުނެ، އެ ކޮމިޝަންގެ އިންޓެލިޖެންސް ޔުނިޓްގެ އެ މުވައްޒަފަށް އިސްލާހީ ފިޔަވަޅު އެޅި މައްސަލަ އެވެ. އެ މައްސަލައިގައި، ފިޔަވަޅު އެޅުމުގެ ގޮތުން އޭނާ އެ ކޮމިޝަނުގެ އެހެން ޔުނިޓަކަށް ބަދަލު ކުރިއެވެ.

އެ މައްސަލާގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމާފައި އޮތީ އެ މުވައްޒަފާ މެދު ފިޔަވަޅު އެޅީ ގާނޫނާ ހިލާފަށް ކަމަށް ވާތީ އެ ފިޔަވަޅު ބާތިލްކުރަން އަންގާފަ އެވެ. އެހެންނަމަވެސް އެ މައްސަލަ ހިފައިން އޭސީސީން ދިޔައީ ހައިކޯޓަށެވެ. 

ހައިކޯޓުން އެ މައްސަލައިގައި ކުރި ހުކުމުގައި ވަނީ ޓްރައިބިއުނަލްގެ ނިންމުން ގޯސް ކަމަށް ބުނާ ގާނޫނީ ސަބަބެއް އޭސީސީ އަށް ހައި ކޯޓުގައި ބުނެދެވިފައި ނުވާ ކަމަށެވެ. އެހެންކަމުން ޓްރައިބިއުނަލްގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ހުކުމުގައި ވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް