ads
މާލޭގައި ކުރަހާފައިވާ ގެރެފިޓީއެއް ސިޓީ ކައުންސިލް މުވައްޒަފުން ފޮހެނީ
މާލޭގައި ހުރި ގެރެފިޓީތައް ފޮހެން އަނެއްކާވެސް ފުލުހުން ފަށައިފި
މާލޭގެ އެކި ތަންތަނުގައި ކުރަހާފައި ހުރި ގެރެފިޓީތައް ފޮހުމުގެ މަސައްކަތް އަނެއްކާވެސް ފުލުހުން ފަށައިފިއެވެ.

މިގޮތަށްހުންނަ ތަކެތި ފޮހުމުގެ މަސައްކަތް ދޭތެރެ ދޭތެރެއިން އަންނަނީ ކުރަމުންނެވެ. 

ފުލުހުން ބުނީ މާލޭ ސިޓީ ކައުންސިލާއި ގުޅިގެން މާލޭގެ އެކި ސަރަހައްދުތަކުގައި އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު ގްރެފިޓީތައް ނައްތާލުމަށް އެ އިދާރާއިން ކެމްޕެއިނެއް ފަށާފައިވާކަމަށެވެ.  މި މަސައްކަތަކީ ކުށުން އެއްކިބާވެފައިވާ އަމާން މުޖުތަމަޢެއް ޤާއިމުކުރުމަށް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދާ މަސައްކަތެއްކަމަށްވެސް ފުލުހުން ބުނެއެވެ. 

ފުލުހުން ބުނީ ގޭންގް ކްރައިމް އެންފޯސްމަންޓް އިސްނަގައިގެން ކުރިއަށް ގެންދާ މި ކެމްޕެއިންގެ މަޤްސަދަކީ ޢާންމުންނަށް ބެލުމަށް، ހާއްސަކޮށް ކުޑަކުދިންނަށް ނުރަނގަޅު ކަމަށް ބެލެވޭ ލިޔުންތަކާއި ކުރެހުންތަކުން އާންމު ތަންތަން ސާފުކުރުންކަމަށެވެ. މި އޮޕަރޭޝަންގައި އަމާޒުކޮށްފައިވާ ލިޔުންތަކާއި ކުރެހުންތަކަކީ އާންމުންނަށް ނުރަނގަޅު އަދި އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ލިޔުންތަކެއްކަމަށްވެސް ފުލުހުން ބުނެެއެވެ. 

" މިއީ މާލޭގެ ރީތި ކަމުގެ ޝައުގުވެރިކަން އިތުރުކޮށް، އާންމު ތަންތަނަކީ އެންމެންނަށް، ހާއްސަކޮށް ޒުވާނުންނަށް މަރުހަބާ ކިޔާ އަދި ރައްކާތެރި ތަނަކަށް ހެދުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ހަރަކާތެއް." ފުލުހުން ބުނިއެވެ.

މި ކެމްޕޭން ކުރިއަށްދާއިރު، ދިވެހި ފުލުހުންގެ ހިދުމަތުގެ އަމާޒަކީ، ހުރިހާ ރައްޔިތުންނަށާއި، ޒިޔާރަތްކުރާ އެންމެހާ ރައްޔިތުންނަށް އަމާން، އަމާން ސިޓީއެއް ބިނާކުރުންކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް