ads
“އެމްޑީޕީ ރޯޑްމެޕް”ގެ ފުރަތަމަ ދަތުރުގެ ބައިވެރިން
"އެމްޑީޕީ ރޯޑްމެޕް" އެކުލަވާލަން އަތޮޅުތެރެއަށް
ޕާޓީގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް އެކުލަވާލާ "އެމްޑީޕީ ރޯޑްމެޕް" އަށް ޕާޓީގެ އާންމު މެންބަރުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ކުރާ ސިލްސިލާ ދަތުރުތައް މިއަދު ފަށައިފިއެވެ.

މި ދަތުރުތަކުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އިދިކޮޅު އެމްޑީޕީގެ ސަޕޯޓް އެންމެ ބޮޑު ދެކުނުގެ އަތޮޅުތައްކަމަށްވާ އައްޑޫ ސިޓީއާއި ފުވައްމުލައް އަދި ތިނަދޫ ސިޓީގެ އިތުރުން ހުވަދޫ އަތޮޅުގެ ހުރިހާ ދާއިރާތައް ހިމެނޭ ރަށްތަކަށެވެ.

މިދަތުރުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް، ޗެއާޕާސަންގެ ނައިބު އަހުމަދު އަބްދުالله އަދި ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ބައިވެރިވެވަޑައިގަންނަވައެވެ. 

އެމްޑީޕީން ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްފަހު ޕާޓީގެ ހިންގުން ހަރުދަނާ ކުރުމަށް ވަނީ ގިނަ މަސައްކަތްތަކެއް ފަށާފައިކަމަށެވެ. މިގޮތުން އެމްޑީޕީ އަކީ އިންތިޒާމުވެގެން ހިންގާ މުއައްސަސާއަކަށް ހެދުމަށް ޕާޓީގެ އޮނިގަނޑަށާއި އަސާސީ ޤަވާއިދަށް ބަދަލުތަކެއް ގެނައުމަށް މަގުޗާޓެއް އެކެލަވާފައިވާކަމަށް އެޕާޓީން ބުނެއެވެ. 

" ޕާޓީގެ ޗެއާރޕާސަންގެ އިސްނެންގެވުމުގެ މަތިން ޒަމާނާ އެއްގޮތަށް ޕާޓީގެ ހިންގުން ހަރުދަނާ ކުރުމަށް އެކުލަވާލެވުނު މި ރޯޑްމެޕް މިހާތަނަށް ޕާޓީގެ އެކި ދާއިރާތަކުގެ އިސް ސަފުގައި މަސައްކަތްކުރައްވާ ހާހަކަށްވުރެ ގިނަ މެންބަރުންނާ ހިއްސާކޮށް މައުލޫމާތު ބަދަލުކުރެވި އެފަރާތްތަކުގެ ހިޔާލު ހޯދާފައިވެއެވެ. " އެމްޑީޕީން ބުނެއެވެ.

މި ސިލްސިލާ ދަތުރުތަކުގެ މައިގަނޑު މަޤްސަދަކީ ޕާޓީގެ ކުރިމަގު ހަރުދަނާ ކުރުމަށް ކުރާ މަސައްކަތްތަކަކީ އާންމު މެމްބެރުންގެ ބައިވެރިވުމާ ހިޔާލާ މަޝްވަރާއާއެކު ކުރެވޭ މަސައްކަތްތަކެއްކަން ކަށަވަރުކުރުންކަމަށް އެމްޑީޕީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް