ads
ބިދޭސީންގެ ބަޔޯމެޓްރިކް ޑާޓާ އެއްކުރަން މާފުށީގައި އޮޕަރޭޝަން ކުރަނގި ފެށުން: އެރަށުން އެކަނި މިހާތަނަށް 805 ބިދޭސީންގެ މައުލޫމާތު ވަނީ އެއްކޮށްފަ --- ފޮޓޯ/ މިނިސްޓްރީ
ކުރަނގި އޮޕަރޭޝަން މުޅި ރާއްޖޭގައި މާދަމާ ފަށަނީ
ކުރަނގި އޮޕަރޭޝަން މުޅި ރާއްޖޭގައި މާދަމާ ފައްޓާވާނެކަމަށް ހޯމް މިނިސްޓަރު އަލި އިހުސާން ވިދާޅުވެއްޖެ އެވެ.
Advertisement

މިނިސްޓަރު މިކަން ހާމަކުރީ މިއަދު މީޑިއާ އާ ވާހަކަދައްކަވަމުންނެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ 3 އަހަރުގެ ތެރޭގައި ހައްލުކުރައްވާނެކަމަށް އިހުސާން ވިދާޅުވެފައިވާއިރު ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ގައުމީ ހަރަކާތެެއްގައި ގޮތުގައި އޮޕަރޭޝަން "ކުރަނގި" މިނިސްޓްރީން ފެށީ މިދިޔަ މޭމަހުގެ 2 ވަނަދުވަހު ހިންމަފުށީގަ އެވެ.

"އަޅުގަނޑުމެން މިހާރު މިމަހުގެ 18 ވަނަ ދުވަހު މި ލޯންޗް ކުރަނީ މުޅި ރާއްޖޭގައި ކުރަނގި އޮޕަރޭޝަން މި ޕްރޮގްރާމް ފަށަން ވެގެން، ފައްޓާއިރުގައި ކޮންމެ ރަށެއްގެވެސް ކައުންސިލުން 3 ބޭފުޅުން ގެނެސް އެބަ ތަމްރީނުކުރަން ފިންގާ ޕްރިންޓް ނެގުމަށާއި މީހުން އައިޑީ ކުރުމަށާއި އަޅުގަނޑުމެންގެ ސިސޓަމަށް، ކޮށްފައި އަޅުގަނޑުމެން މި ބޭފުޅުން މި ފޮނުވާލަނީ ފިންގާޕްރިންޓް ރީޑަރު ތަކާ އެއްޗެހިވެސް ހަވާލިކޮށްފައި ކައުންސިލަށް، ރާއްޖޭގައި ހުރިހާ ރަށެއްގައި އެހިސާބުން ފެށިގެން ހުންނާނެ އެ ކެޕޭސިޓީ، އަދި ސިސްތަމްއަށް އެކްސެސް ކުރެވޭނެ" އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ކައުންސިލްތަކުގެ ގަވައިދު ބުނާގޮތުން ގާނޫނުން ބިދޭސީންގެ ދަފްތަރެއް ބަލަހައްޓަން އެބޭފުޅުނަށް ލާޒިމް ކުރާކަމަށެވެ. އެހެންނަމަވެސް އެކަން ބަލަހައްޓާނެ ގޮތާއި އެ ބޭފުޅުންނަށް އެ ފުރުސަތުތައް އެގޮތަށް ނުލިބެންޏާ މިނިސްޓްރީގެ އެންފޯސްކުރުމުގެ ސައިޑުން އެހީވެދޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ބިދޭސީން ބަލަހައްޓާ ސިސްޓަމްގެ ތެރެއިންް ކައުންސިލްތަކަށާއި ފުލހުންނަށް އެކްސެސް ދެމުންދާކަމަށް އިހުސާން ވިދާޅުވި އެވެ.

"އެޕްލިކޭޝަންއެއް މިހާރު ޑިވެލޮޕކޮށް ނިމިއްޖެ، އެ އެޕްލިކޭޝަނުން ފޯނުން ވަދެ ކައުންސިލަރަކު ނުވަތ ފުލުކު ބިދޭސީއެއްގެ ފޮޓޯ ނަގާލީމާ އެނގޭނެ އެއީ ކޮންތާކު ކީއްކުރަން އައިއްސަހުރި، ކޮންކުންފުންޏަކުން ގެނެއްސަހުރި ގަވައިދާ އެއްގޮތައް ތޯ ނޫންތޯ، ކޮން ރަށެއްގައި ތޯ މިހުންނަން ޖެހެނީ، މި މައުލޫމާތުތައް ލިބޭނެ ވަގުތުން ، އޭރަށް އެންފޯސްމަންޓްއަށް ފަސޭހަ ވާނެތާ" އިހުސާން ވިދާޅުވި އެވެ

ހިތްމަފުށީގެ އިތުރުން މާފުށީގައިވެސް އޮޕަރޭޝަން ކުރަނގި ކުރިއަށް ގެންގޮސްފައިވެ އެވެ.

ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ފަށާފައިވާ އޮޕަރޭޝަން "ކުރަނގި" ގެ ދަށުން މިހާތަނަށް 1500 އަށް ވުރެ ގިނަ ބިދޭސީންގެ އިންގިލީގެ ނިޝާން ދެނެގަނެވިފައިވާކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް