ads
އިދިކޮޅި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް
މި ދަނޑިވަޅުގައި ގަވަރުނަރު ވަކިކުރުމަކީ ކަންބޮޑުވާ ކަމެއް: ފައްޔާޒު
އިގުތިސާދީ ނުތަނަވަސްކަމެއްގައި އޮއްވާ އަވަސް އަރުވާލައިގެން ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން އުޅުމަކީ ކަންބޮޑުވާކަމެއްކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.

އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެކްސްގައި ކުރެެއްވި ޕޯސްޓެއްގައި ވިދާޅުވީ އިޤްތިސާދީ ނުތަނަވަސްކަމުގެ މިފަދަ ދަނޑިވަޅެއްގައި ގަވަރުނަރު ހާޝިމް މަގާމުން ދުރުކުރުމަކީ ކަންބޮޑުވާ ކަމެއްކަމަށެވެ. އަދި މިފަދަ ކަންކަން ކަމުގައި މިޔަށް ވުރެ ރަނގަޅު ވިސްނުމެެއް ގެންގުޅެންޖެހޭކަމަށް ފައްޔާޒު ވިދާޅުވި އެވެ. 

" މާލީ އިދާރާތައް ނުތަނަވަސްކަމުގެ ތެރެއަށް ވެއްޓެނީ މި ސަރުކާރުން ގެންގުޅޭ އަވަސް އަރުވާލައިގެން ކަންކަން ނިންމުމުގެ ސިޔާސަތުގެ ސަބަބުން. މިއަށްވުރެ ބޮޑަށް މިނެކިރި، ފަރުވާތެރި ވިސްނުމެއް ގެންގުޅެން ޖެހޭ ރައީސް މުއިއްޒުގެ ސަރުކާރަށް އަޅުގަނޑު ދަންނަވަން." ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓްގައިވެ އެވެ.


މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރުކަމުން އަލީ ހާޝިމް ވަކިކުރަން ރައީސްއަށް ލަފާދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން މިއަދު ވަނީ ފާސްކޮށްފަ އެވެ. 

ކޮމެޓީން މިގޮތަށް ފާސްކޮށްފައިވަނީ މިއަދުގެ ޖަލްސާގައި ބައިވެރިވި 8 މެމްބަރުންގެ އިއްތިފާގުންނެވެ. ހާޝިމް މަގާމުން ވަކިކުރަން ހުށައެޅުއްވީ ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް ދުއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމެވެ، އެ ހުށައެޅުމަށްް ތާއީދުކުރެއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުالله އެވެ.

ކޮމެޓީގެ މި ނިންމުން ދެން ހުށައަޅާނީ މަޖިލީހުގެ ތަޅުމަށެވެ. އަދި މިކަމުގައި ގޮތެއް ނިންމާނީ މަޖިލީހުގެ ތަޅުންމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް